13 މާޗް 2017
ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ހުމާއި ވައިރަލް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް ބާރުބޮޑުވެއްޖެ އެވެ.
ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ހުމާއި ވައިރަލް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް ބާރުބޮޑުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފައާ އެކު އައިޖީއެމްއެޗުގައި ހުޅުވި ފްލޫ ކްލިނިކަށް، ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން ގޮސް ތިބީ، ގިނައިން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ހުން ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަކަމުން، ޑޮކްޓަރަށް ދެއްކެނީ ވަރަށް ގިނައިރު ހޮސްޕިޓަލުގައި މަޑުކޮށްގެން ކަމަށް އެތަނުގައި ތިބި ބައެއް މީހުން ބުންޏެވެ.
"މިއޮތީ، މިތަނުގެ ހާލަތު އޮތް ގޮތް، ކުޑަކުދިންނަށް ނަމްބަރު ނަގައިގެން ވެސް ހަތަރު، ފަސްގަޑިއިރު މިތަނުގައި ތިބެން އެބަޖެހޭ. އިއްޔެ ހަވީރު ނެގި ނަމްބަރު ޖެހުނީ ރޭ ނުވައެއް ވެސް ޖެހިފަހުން،" ދެ ކުދިން ގޮވައިގެން ޓެސްޓު ހަދަން ގޮސް ހުރި ފިރިހެނަކު ބުންޏެވެ.
ހުން އައުން
ބޭރަށް ހިންގައި ހޮޑުލުން
ހީކަރުވައި ވަރުދެރަވުން
ކަރުގައި ރިހުން
ބޮލުގައި ރިހުން
ކެއިން ބުއިން މަދުވެ، އާދަޔާ ހިލާފަށް ރޮއެ، މާގިނައިން ނިދާ ހެދުމަކީ ކުޑަކުދިންގެ ފަރާތުން ފެނިދާނެ އަލާމާތެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެ އެވެ.
އެތަނުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ހުމާއި ރޯގާގައި، ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކާ ކަމަށެވެ. އިއްޔެ އެކަނި ވެސް ގާތްގަނޑަކަށް 80 މީހުން ފްލޫ ކްލިނިކުން ފަރުވާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލޫ ކްލިނިކެއް ހެދީ ވެސް އާއްމު ބަލިތަކުގެ ތެރޭގައި، ހުން ޖެހިގެން ދާ މީހުން ތިބުމަކީ ރައްކާތެރިކަމަށް ނުވާތީ އާއި ޑޮކްޓަރަށް ދައްކަންދާ މީހުންގެ ފަސޭހައަކަށެވެ.
އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު ދުނިޔޭގައި އަލަށް ސްވައިން ފްލޫ އާންމުވެގެން ދިޔައިރު މިއީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލެވުނަސް އެ ބަލި ޖެހި އެތައް ބަޔަކު ރަނގަޅުވުމުން، ބަލިން ދިފާއުވުމުގެ ބާރު ލިބި އެއީ މިހާރު އާދައިގެ ރޯގާއަކަށް ވެފައިވާ ކަމަށެވެ.
ރޭ މަރުވީ އެހެން ބައްޔަކަށް ފަރުވާ ހޯދާ މީހެއް
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
ހުމުގެ ކްލިނިކުގައި 24 ގަޑިއިރު ހިދުމަތް ދޭނެ
ހުމާއި ރޯގާ ގިނަވެ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް
މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
ޓާސްކް ފޯސް އެންގީ ކޮމެޓީއަށް ހާޒިރުވާން ދަތިވާ ކަމަށް
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އެޗް1އެން1ގެ ޓާސްކް ފޯސް މަޖިލިހަށް ހާޒިރުކުރަނީ
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ