ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފި އެވެ.
23 ފެބުރުއަރީ 2025
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ސީއީއޯގެ މަގާމުން އަނީސް ވަކިކުރަން ހުށަހެޅީ ޕްލޮކޯގެ ހިޔާނާތުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމާ އެކު އެވެ. އެކަމަކު، މައުލޫމާތު އެނގިވަޑައިގަންނަވާ އިސްބޭފުޅަކު ވިދާޅުވީ، އަނީސް މަގާމުން ވަކިކުރުމަށް ހުށަހެޅުމާއި މިހާރު އޭސީސީން ކުރާ ޕޮލްކޯގެ ކޮރަޕްޝަންގެ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އެ ބޭފުޅުންގެ [ޕޮލްކޯގެ އިސް ބައެއް ބޭފުޅުން] ޒާތީ ކަންތައްތަކެއް އުޅޭ ކަމަށް އެނގިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޕޮލްކޯގެ ސީއީއޯގެ މަގާމުން އަނީސް ވަކިކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޕަރޭޝަންގެ ބޯޑުންނެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަނީސް މިހާރު ހުރީ މަސްއޫލިއްޔަތުން ވެސް އެކަހެރި ކޮށްފަ އެވެ. ޕޮލްކޯގެ ހިންގުން ވަގުތީ ގޮތުން މިހާރު ވަނީ ބޯޑުގެ ސެކްރެޓަރީއާ ހަވަލުކޮށްފަ އެވެ. އަނީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާއިރު، ޕޮލްކޯގެ ބޯޑުގެ ޗެއާމަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާޒިފު ވެސް ވަނީ އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، މިހާތަނަށް އޭނާގެ އިސްތިއުފާ ބަލައިގެންފައެއް ނުވެ އެވެ.
ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އިމާރާތް ކުރުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މާލިއްޔަތު ކޮމިޓީގައި ފުލުހުންނާ ހަވާލާ ދެއްވައި ވިދާޅުވީ، ފުލުހުންގެ މެނޭޖްމަންޓާ ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޓީމުން ބައްދަލުކުރި ކަމަށާއި އެކަމަކު ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށެވެ.
ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ޕޮލްކޯ އިން ހަރަދުކުރި ކަން ވެސް ދާދި ފަހުން ވަނީ ހާމަވެފަ އެވެ. އަދި ބައެއް ވެހިކަލްތައް "ގެއްލިގެން" ރައްޔިތުންގެ މަޖިލިހުން ވެސް ވަނީ އެ ވެހިކަލްތަކުގެ މައުލޫމާތު ދިނުމަށް ޕޮލްކޯ އަށް މިހާރު އަންގައިފަ އެވެ.
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ކޮރަޕްޝަނަށް ތުހުމަތުވާ ފުލުހުންގެ މަގާމާ މެދު ސުވާލެއް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ޕޮލިސް ފްލެޓް މައްސަލަ: ޕޮލްކޯގައި ލިޔުންތައް ނެތް!
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން