ޝަރުއީ ދާއިރާ އާއި ކޯޓުތައް ގަޑުބަޑުކުރުމުގެ ތާރީހެއް އޮތީ އެމްޑީޕީގައި ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އޮތް ބައެއް ނޫން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާ އާއި ކޯޓުތައް ގަޑުބަޑުކުރުމުގެ ތާރީހެއް އޮތީ އެމްޑީޕީގައި ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އޮތް ބައެއް ނޫން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓަކަށް ދެއްވި ރައްދެއްގަ އެވެ.
ފައްޔާޒު ވިދާޅުވީ، އެ އިސްލާހަކީ މުޅި ޝަރުއީ ނިޒާމަށް ދޭ ހަމަލާއެއް ކަމަސެވެ.
މެންބަރު ޝުޖާއު ވިދާޅުވީ ޖުޑިޝަރީ އިސްލާހުގެ ވާހަކަ އަކީ އެމްޑީޕީއާ ގުޅޭ ވާހަކައެއް ނޫން ކަމަށާއި ޖުޑިޝަރީ ފުނޑާލައި ފަނޑިޔާރުން ވަގަށް ނަގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އޮތޭ ކިޔައި، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މާޒީ ވެސް ފިސާރި ރަނގަޅަށް އެ ޕާޓީގައި އެބައޮތް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ބެންޗެއް ގަނޑުކޮށް ބަދަލުކޮށް، ގަނޑުކޮށް ބަދަލުކޮށް ހައި ކޯޓުގެ އިލްމީ ފަނޑިޔާރުން ތިބޭފުޅުންގެ މުށުތެރެއަށް ފަނޑިޔާރުގެ ލައި މުޅިނިޒާމު ގަޑުބަޑުކޮށް މި ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާމޮޑެލީ ތިބޭފުޅުންގެ ޕާޓީން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތަކުންކަން ހަނދުމަފުޅު ނެތުނީތޯ؟،" ފައްޔާޒަށް އަމާޒު ކުރައްވައި ޝުޖާއު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސައްތާރު ހުށަހެޅުއްވި އިސްލާހާ ގުޅިގެން ޝުޖާއު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް ރޭ ރައްދު ދެއްވައިފަ އެވެ. ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާން ހަސަން ޓުވީޓް ކުރެއްވުމުން ޝުޖާއު ވިދާޅުވީ، ހަސަންމެން އެމްޑީޕީއާ އެކު ތިއްބައިގެން ސުޕްރީމް ކޯޓުގެ ބެންޗު "ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ" ކަމަށެވެ.
ހަސަން އެދުވަހު (ތިބޭފުޅުން MDP އާއެކު)SC ބެންޗް ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ!މިއަދު ހަސަން ތިކިޔަނީ ކީކޭ؟ތިދައްކާވާހަކަ ދެކޮޅު ޖެހެން އެބަޖެހޭނުން؟ހަސަންމެން ކުރީމަ އޯކޭ!މިއަދު އިސްލާހެއް ހުށައެޅީމަ ހަސަނު ބޮލަށް އުޑުވެއްޓިގެން އުޅޭހެން ތިއުޅެނީ ކީއްވެ؟ކޮބާ ތީގެސިއްރަކީ؟ https://t.co/QP74vxdNZ8
— Ibrahim Shujau (@IbrahimShujaau) February 23, 2025
"މިއަދު ހަސަން ތި ކިޔަނީ ކީކޭ؟ ތި ދައްކާ ވާހަކަ ދެކޮޅު ޖެހެން އެބަޖެހޭ ނުން؟ ހަސަންމެން ކުރީމަ އޯކޭ؟،" ޝުޖާއު ސުވާލު އުފެއްދެވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 5 އަށް މަދުކުރަން ބިލެއް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި