ދ. މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް 30 ހެކްޓަރުގެ ބިން އެ ރަށުން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
24 ފެބުރުއަރީ 2025
ދ. މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް 30 ހެކްޓަރުގެ ބިން އެ ރަށުން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތް ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ކުރިއަށް ދަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަނަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އެމްޓީސީސީން މިހާރު ވެސް ތިބީ އެ މަސައްކަތަށް ތައްޔާރުވެފައި ކަމަށާއި ވީއެންމެ އަވަހަކަށް މަސައްކަތް ފަށައި، ނިންމާލާނެ ކަމަށެވެ.
"އީއައިއޭ ފާސްވުމާ އެކީގައި ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ. ފެށުމުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދީ އިރާދަކުރެއްވިއްޔާ އިންތިހާބުގައި ތިބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވީ ހިއްކާ ބިމުގެ ތެރެއިން ދެ ހެކްޓަރު ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
"މި ޔަގީންކަން ދިނުމަކީ އަޅުގަނޑު ބޭނުންވި އެންމެ މައިގަނޑު ކަންތައް މި ރަށަށް. ސަބަބަކީ ރައްޔިތުންގެ ޒަމާންތަކެއް ވަންދެން އޮތް އުއްމީދެއް ހާސިލުވެގެން ދާނީ މިކަން ވެގެންދިއުމުން،" ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu meets with the Maaen'boodhoo Island Council, Women's Development Committee (WDC), and Heads of Institutions. The President assured them that the Administration would address all issues raised during the meeting.#RayyithunGaathah #DhaaluVisit pic.twitter.com/Xlm1EqiuT7
— The President's Office (@presidencymv) February 24, 2025
ރައީސް މާއެނބޫދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުން.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވަނީ ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން ކަމަށެވެ.
ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި މަލްޓި ފާޕޯސް ހޯލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އަލުން ފެށޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މާޗު މަހުގެ ތެރޭގައި ފެށުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. އެކަން ހާސިލުކުރުމަށް އެކި މިނިސްޓްރީތަކާއި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ހުއްޓިފައި ހުރި މަޝްރޫއުތައް އެހެން ބަޔަކާ ހަވާލުކުރަނީ
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
"ރަށްރަށަށް ވަޒީރުން ގެންދަނީ އަވަހަށް ނަތީޖާ ނެރެން"
ތަރައްގީގެ މަޝްރޫއުތައް މި އަހަރު ފަަށައި ނިންމައިދޭނަން
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
ކަނޑުހުޅުދޫގެ ތަރައްގީއަށް ރައީސްގެ ގިނަ ވައުދުތަކެއް
ހައުސިން މަޝްރޫއުތައް ހިންގަން މި މަހު އިއުލާނުކުރަނީ