ކުރިއަށް އޮތް ރޯދަމަހު ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރަން މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
24 ފެބުރުއަރީ 2025
ކުރިއަށް އޮތް ރޯދަމަހު ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރަން މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ، ފުލް އޮޕަރޭޝަންގައި މަސައްކަތް ކުރާއިރު، ދުވާލަކަށް 150 ކޮންޓެއިނަރު ކްލިއާ ކުރުމުގެ މަސައްކަތް ފަށައި، "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރުމަކީ އަމާޒެއް ކަމަށެވެ.
އެހެން އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެތެރެކުރާ ޕެރިޝަބަލް ސާމާނު ނުވަތަ ޖެނެރަލް ކާގޯ ވީހާ ވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތަކަށް ރާވަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހުގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މުދާ އުފުލުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ.
އިލްޔާސް ވިދާޅުވިގޮތުގައި، އެމްޕީއެލް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި، މުދާ އުފުލުމުގައި ވަރަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު، ހުސްކޮށްފައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެއިނަރު ޓާމިނަލް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
"މިދިޔަ އަހަރު ފެށުނު އިރު މި ސަރަހައްދުގައި 3،000 ކޮންޓެއިނާ ބެހެއްޓުނު. މިހާރު 5،100 ކޮންޓެއިނަރު ވަރު ބެހެއްޓޭ. އަޅުގަނޑުމެން އޭރު ކުރަމުން އައީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، ޖާގަ އިތުރު ކުރި ނަމަވެސް އަދިވެސް ރާއްޖެއަށް މުދާ އިތުރު ކުރާ އަދަދާ އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއްފަހަރާ ދެ ބޯޓު ގާތް ކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް އިތުރު 19 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހައިލީ ޕެރިޝަބަލް ތަކެތި ގޯ ޑައުންގައި ބަހައްޓާފައި އަދި ހުޅުމާލޭގައި ވަގުތީ ޓެންޓެއް ވާނީ ބަހައްޓާފައި. އޭރުން ކާބޯތަކެތި ގެނައުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓު ރާއްޖެއަށް
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އެމްޕީއެލްގެ ވެރިން މުދާ އުފުލުމުގެ މަސައްކަތަށް
އެމްޕީއެލްއިން ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަނީ
އެމްޕީއެލް އިން ބޯޓު ފަހަރުން ޑޮލަރުން ފީ ނަގަނީ
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ
ވިޔަފާރި ބަނދަރުގެ ހިދުމަތަށް ޑޮލަރުން ފީ ނަގަނީ