Roadha Mihaaru

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދެނީ

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުގެ ހިއްކާފައިވާ ބައިން ހުރިހާ ގޯއްޗެއް ދެނީ

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކައި އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ދ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް ހިއްކާފައި އޮތް ސަރަހައްދުން ހަމަޖެހޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެ ތަނުގައި ގާއިމުކުރަންޖެހޭ ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ވަސީލަތްތަކަށް އުނިކަން ނާންނާ ގޮތަށް ކަމަުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ރަޖިސްޓަރީ ހަވާލުކުރާނަން. އަދި އަމަލީ ގޮތުން ބިން ވެސް ދެ ތިން މަސް ތެރޭގައި ހަވާލު ކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތިލަމާލެ ބުރިޖު ހަދާތީ ގުޅިފަޅުން ބަންދުކޮށްފައިވާ ސަރަހައްދުން ވެސް ގޯތި ދޫކޮށްފައިވާއިރު، އެ ގޯތިތައް ހަވާލުކުރުމުގައި ލަސްވާނެ އެވެ. ނަމަވެސް، ބާކީ ހުރި ގޯތިތައް އެ މުއްދަތުގެ ތެރޭގައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ރޭ ދެއްވި އެވެ.

ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ރައީސް މުއިއްޒު ވަޑައިގެން ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ރައީސް މުއިއްޒު ވަޑައިގެން ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސަރުކާރުން ބިން ދޫކުރަން ދެން ހަމަޖެއްސި ގިރާވަރުފަޅު ހިއްކުމުގެ އެއްބަސްވުން ހަދާފައިވަނީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ގޮތަށް ކަމަށް ވާތީ، އެ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތާ ސީދާ ސަރުކާރުން ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަަން ވެސް ރައީސް ރޭ ހާމަކުރެއްވި އެވެ

މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލާ އެކު، ގުޅިފަޅުން 3،520 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް މާލޭ މީހުންނަށް މި ސަރަހައްދުން 9،000 އަށް ވުރެ ގޯތި ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.