ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
25 ފެބުރުއަރީ 2025
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އޭނާގެ މަރާ ގުޅިގެން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމަކު ފަސް މަސް ވިއިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމަށް ކަންބޮޑުވުންފާޅުކޮށް ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. މިހާތަނަށް މީހަކު ހައްޔަރު ނުކުރުމަކީ ތަހުގީގުގައި އިހުމާލުވުން ކަމަށް މުޒާހަރާތަކުގައި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ރައްޔިތުންގެ މުޒާހަރާތަކަށް ހަފްތާއެއްވާން ކައިރިވެފައި ވަނިކޮށް އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ސައްތާރު މުހައްމަދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނާ ޝުޖާއު ވަރަށް އަވަހަށް އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޒަކިއްޔާ މޫސާ.
ޒަކިއްޔާގެ މަރުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެ މަރުގެ މައްސަލަ އެޗްއާރްސީއެމް އާއި އެންއައިސީން ވެސް ވަނީ މި ހަފުތާގައި ވަނީ ބަލަން ފަށައިފަ އެވެ.
އެންއައިސީން ބުނީ، އެ މައްސަލައިގައި ރައްޔިތުން ފުލުހުންނަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ، އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފުވެފައި ވޭތޯ ބެލުމަށް ނިންމާފައި ވާކަމަށެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ހައްޔަރުކުރަން ވެސް ދަނީ ގޮވާލަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
އެ މައްސަލާގައި، ޕްރެސް ކޮންފަރެންސް ބޭއްވުމާ ހަމައަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި، އަދި ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމަކު، މިދިޔަ މަހު ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި އެފްބީއައިގެ އެހީ ހޯދާފައިވެ އެވެ.
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ގޯހެއް: އިހުސާން
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރު: 5މަސް ފަހުން އެންއައިސީގެ ތަހުގީގެއް
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
މިއަހަރު ގިނަ ފުލުހުން ރަށްރަށަށް ބަދަލުކުރަނީ
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް