ކުރިން ނަފްސާނީ ބައްޔެއް ނުހުރެ އެވެ؛ އެކަމަކު އޮފީސް ތެރެއިން ދިމާވި ޖިންސީ ފުރައްސާރަތަކުން އޭނާ "ބަލިވެއްޖެ" އެވެ. އެ ހާދިސާތަކަށް ފަހު، އޭނާ ދަނީ ޑިޕްރެޝަނާއި އެންޒައިޓީއަށް ވެސް ބޭސް ކަމުންނެވެ. އަދި ސައިކޯތެރަޕީ ވެސް ނަގަމުން އަންނައިރު މިފަހުން ވަނީ ޕެނިކް އެޓޭކެއް އައިސްގެން މަގު މައްޗަށް ވެސް ވެއްޓިފަ އެވެ. ޑޮކްޓަރުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 10 ދުވަހުގެ މަތިން ފަސް ފަހަރަށް ޕެނިކް އެޓޭކް އައިސްގެން ފަރުވާ ހޯދަންޖެހުނެވެ.
26 ފެބުރުއަރީ 2025
ކުރިން ނަފްސާނީ ބައްޔެއް ނުހުރެ އެވެ؛ އެކަމަކު އޮފީސް ތެރެއިން ދިމާވި ޖިންސީ ފުރައްސާރަތަކުން އޭނާ "ބަލިވެއްޖެ" އެވެ. އެ ހާދިސާތަކަށް ފަހު، އޭނާ ދަނީ ޑިޕްރެޝަނާއި އެންޒައިޓީއަށް ވެސް ބޭސް ކަމުންނެވެ. އަދި ސައިކޯތެރަޕީ ވެސް ނަގަމުން އަންނައިރު މިފަހުން ވަނީ ޕެނިކް އެޓޭކެއް އައިސްގެން މަގު މައްޗަށް ވެސް ވެއްޓިފަ އެވެ. ޑޮކްޓަރުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 10 ދުވަހުގެ މަތިން ފަސް ފަހަރަށް ޕެނިކް އެޓޭކް އައިސްގެން ފަރުވާ ހޯދަންޖެހުނެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކުރި އެ އޮފީހުގެ އަންހެން މުވައްޒަފު ކިޔައިދިން ގޮތުގައި، މި ހާލަތަށް ދިޔައިރު ވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ތަނެއް ނެތެވެ
އޭނާ ބުނީ މައްސަލަ ހުށަހެޅި އެއްވެސް މުއައްސަސާއަކުން ރައްކާތެރިކަމެއް ނުލިބުނު ކަމަށެވެ. އިތުރަށް ފުރައްސާރައިގެ ތެރެއަށް އޭނާ ހުށަހެޅުނީ އެވެ.
ވިކްޓިމް ކިޔައިދިން ގޮތުގައި އެކި ދުވަސް މަތިން ފަޒީންގެ ޖިންސީ ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
"ފުރަތަމަ ވަނީއްސުރެ އަނގަބަހުން ފުރައްސާރަކުރީ. ވަރަށް ރީއްޗޯ. ވަރަށް ލައިކްވެޔޯ. ހަޒްބެންޑް ނެތް ގަޑީގައި ގުޅާބަލާށޭ ކޮފީއަކަށް ދާން. ހަޒްބެންޑް ނުޖެހޭނެ ނޫންހޭ ބޭރަށްދާކަށް ތިހާ ރީތި ކުދިން ތިއްބާފައި،" ވިކްޓިމް ކިޔައިދިނެވެ.
ބްރޯޑްކޮމްގައި އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ ގޮތުން އިސްވެރިންނާ އެކު ވާހަކަ ދައްކަންޖެހެ އެވެ. އޭނާ ބުނީ ޑޮކިއުމަންޓެއްގައި ސޮއި ހޯދަންވެގެން ފަޒީންގެ ގާތަށް ދާން ޖެހުނީ ބްރޯޑްކޮމްގެ ރައީސާގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާ، ލީވެއްގައި ހުރުމުން ކަމަށެވެ. އެއީ ޖިންސީ ފުރައްސާރައިގެ ތެރެއަށް އޭނާ ހުށަހެޅުނު ފުރަތަމަ ދުވަހެވެެ.
"ރޯދަ މަހު މި ދިޔައީ އެއްޗެއްގައި ސައިން ކުރަން [ބްރޯޑްކޮމްގެ ރައީސާގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާ] މަރީ ލީވްގައި ހުރީމަ.. ދެން ރޯދަ މަހު އެކަހަލަ ވިސްނުމެއް އައިސްދާނެއޭ ހިތަކަށް ވެސް ނާރާނެ ދޯ. ސަލާމްކުރަން އަތްދިކޮށްލި ގަޑީގައި ސަލާމްކުރީމަ އަތުން ގަޔާދިމާލަށް ދަމައިގެންފައި ބައްދާލީ،" އޭނާ ބުންޏެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން: އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ވާހަކައެއް ނުދެއްކެވި.
އޭނާ ބުނީ ބިރާއި ލަދުގަނެފައި ހުރި ވަރުން އޮފީސް އެއްވެސް މީހެއްގެ ގާތު އެ ވާހަކަ ބުނަން އެ ދުވަހު ނުކުރެނު ކަމަށެވެ.
ފަހުން އެކަހަލަ ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ނުހިނގި ނަމަވެސް ދުވަސްކޮޅެއް ފަހުން ތަކުރާރުކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.
"އޮފީސް ޓްރިޕެއްގައި ވެސް ބުނަނީ ބޭނުންވެޔޯ ވަކިން ބައްދަލުކުރަން. އެ ކަހަލަ ޒާތުގެ އެއްޗެހި ކީމަ ވެސް އަހަރެން އަޅާނުލާ ހުންނަނީ. ދެން އޮފީސް މީހުންނަށް ވެސް ވަރަށް ސަކަ މިޒާޖަކަށް ވާހަކަ ދައްކައި ފްލާޓްކޮށްފައި އޭނާ އުޅޭނީ ވެސް،" އޭނާ ބުންޏެވެ.
އޭގެ ފަހުން މިދިޔަ އަހަރުފެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފަޒީން ވަނީ އޭނާގެ އަންހެނުން މާލޭގައި ނެތް ކަމަށާއި "ހަގްކޮށްލަން" އަންނާށޭ ބުނެފައި ކަމަށް ވިކްޓިމް ކިޔައިދިނެވެ.
އޭނާ ބުނީ މަސައްކަތަކާ ގުޅިގެން ގުޅާލަން ޖެހުނަސް "މަގޭ މަތިން މިސްވަނީ ހޭ" އަހާ ކަމަށެވެ.
"މިވަރުވީމަ ވެސް އެއްވެސް މީހެއް ކައިރީ ނުވެސް ބުނަން އެ ވާހަކަތެއް. އޭނާގެ އަގު ނުވައްޓާލަން ބޭނުން ނުވާތީ އާއި ގަޔަށް ބޮލަށް ނާރާތީ އަޅާނުލެވުނީ،"
ފަޒީނަކީ އާންމުކޮށް ވެސް މުވައްޒަފުންގެ ގާތަށް ވަޑައިގެން ކޮންމެ ދުވަހަކު ގޮސް އެ މީހުންގެ ހާލު ބައްލަވައި، އެ ޑިޕާޓްމަންޓްތަކަށް ވަދެ ހަދާ ބޭފުޅެއް ކަމަށްވެ އެވެ.
އެގޮތަށް، އަންހެން ކުއްޖާގެ ޑިޕާޓްމަންޓަށް ދެ ފަހަރެއްގެ މަތިން ވަޑައިގެން، ގައިގޯޅިވާން މަސައްކަތް ކުރެއްވި ކަމަށް ބުންޏެވެ.
"އަހަރެންގެ ޑިޕާޓްމަންޓުގައި މި އުޅެނީ އަހަންނާއި އެހެން ކުއްޖެއް. އެ ކުއްޖާ ލީވްގައި އުޅުނީ. އެ ދުވަހު ގައިގައި އަތްލީމަ މަ ބޭނުމެއް ނޫނޭ ގައިގައި އަތްނުލާށޭ ކިޔައި ރޮމުން އަހަރެން ދިޔައީ ފާހާނާއަށް،"
އެކަމާ ހުރެ ޖެހިގެން އައި ދުވަހު އޮފީހަށް ވެސް އޭނާ ނުދެ އެވެ. އެކަމަކު އަނެއްކާ ވެސް ވަޒީފާއަށް ނުކުތުމުން އޭނާގެ ގައިގައި އަތްލުމުން، ރޮމުން ގޮސް އެ ވާހަކަތައް ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނަރަލަށް ވެސް ހިއްސާކުރީ އެކަމަށް ކެތްނުވެގެން ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަސައްކަތްކުރާ ތަނުގައި ހުންނަނީ އެތެރެ ނުފެންނަ ގޮތަށް ސްޓިކާ ޖަހާފަ އެވެ.
"އެ ދުވަހު ގައިގައި އަތްލާއިރަށް އަހަރެން އެތަނުން ތެދުވެގެންދާއިރަށް ފަހަތުން އައިސް އަނެއްކާވެސް [ގައިގައި އަތްލީ]، އެސްޖީ ކައިރީ ބުނިން މީޓްކުރަން ބޭނުމޭ. އެ ވާހަކަތައް ކިޔައިދިން. އޭގެ ފަހުން އެކަހަލަ ކަމެއް ނުވޭ،"
"ރޮމުން ރޮމުން ގޮސް އަނެއްކާވެސް މި ބުނީ މައްސަލަ ޖައްސަން ބޭނުމޭ. ހުރިހާ އަންހެން ސްޓާފުންގެ ހައްގުގައި ވެސް ބޭނުމޭ މައްސަލަ ޖައްސަން."
އެ މައްސަލަ ހުށަހެޅިޔަސް މިއަދާ ހަމައަށް ވެސް ފަޒީންއާ މެދު ފިޔަވަޅެއް ނާޅަ އެވެ. ބަރާބަރަށް އޭނާ އޮފީހަށް ނިކުންނާތީ އެ އަންހެން ކުއްޖާ އޮފީހަކަށް ނުނިކުމެ އެވެ. އެކަމުގެ ފިކުރުތައް ބޮޑުވެ މީހާ ވަރަށް ބަލިކޮށް އުޅެމުން އަންނައިރު އެންޒައިޓީ އާއި ޑިޕްރެޝަނަށް ދަނީ ބޭސްކަމުންނެވެ.
"އަހަންނަށް ދުވާލަކު ޕެނިކް އެޓޭކް އެބަ އާދޭ މިނިމަމް ތިން އެޕިސޯޑު. ޑިޕްރެޝަނާއި އެންޒައިޓީއަށް އެބަ ބޭސް ކަން،" ޑޮކްޓަރުގެ ލިޔުންތަކާއި ބޭސް ސިޓީތައް "މިހާރު" އަށް ހިއްސާކޮށް އޭނާ ކިޔައިދިނެވެ.
"މިހާރު ލައިފްގައި ވަރަށް ވަރަށް ހާލުގައި މިއުޅެނީ. ކޮމިޝަނުން މައްސަލަ ހުށަހެޅިން. މަ ވެސް މައްސަަލަ ލަސްވާތީ އިންނާނީ މަޖިލީހަށް ލެޓާއެއް ލާފައި އަޕްޑޭޓެއް ހޯދަން. ވަގުތީ ފިޔަވަޅެއް ވިޔަސް އަޅައިދީބަލާށޭ،"
"އަހަންނަށް ސަޕޯޓުދޭނެ މާގިނަ ބަޔަކު ނެތް. އެކަމަކު އެސްޖީގެ ފަރާތުން ވަރަށް ސަޕޯޓު ލިބުނު."
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ބަލަމުން އަންނައިރު މިދިޔަ މަހުގެ ތެރޭގައި ކޮމިޓީއަށް އޭނާ ގެންގޮސް ސުވާލުކުރި އެވެ. އެކަމަކު ކޮމިޓީގައި ވެސް އޭނާ ވިކްޓިމައިޒްކޮށް ވާހަކަ ދެއްކީ ކަމުގެ ކަންބޮޑުވުންފާޅުކުރި އެވެ.
"މަޖިލީހުން ވެސް ވަރަށް ވިކްޓިމައިޒްވާ ގޮތަށް، ވިކްޓިމްއަށް ސުވާލުކުރަން ނުޖެހޭ ގޮތަށް ސުވާލުކުރީ. އެ މީހުން ބުނީ މިދިޔަ އަހަރު ރޯދަ މަހު އެހެންވީމަ އެއްޗެއް ނުބުނެ ނުކުތީމަ އެ ވެދާނެ ނޫންހެއްޔޭ މަ އޭނާއަށް ރުހުން ދިނީ ކަމަށް،"
"އެހެންވެ އަހަންނަށް ވެސް އެތަނުގައި ޖަވާބު ދެވުނު އޮފީސް މާހައުލަކީ ފުރައްސާކުރާ ތަނެއް ނޫނޭ ކިޔާފައި. ތިބޭފުޅުންތީ ގާނޫނު ހަދަން ތިބޭ މީހުންނޭ. ތިކަހަލަ އެއްޗެހިކީމަ ހަޑިއޭ. މަށަކީ ވެސް ގާނޫނު ކިޔަވައިގެން ހުރި މީހެކޭ،" މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކާ މެދު ހިތްހަމަނުޖެހި ރައްދު ދުވުނުކަން ފާހަގަކުރަމުން އޭނާ ބުންޏެެވެ.
އޭނާ ބުނީ ބްރޯޑްކޮމްގެ ސްޓޭންޑަކީ ކޮބައިތޯ ބަލަން އެ މީހުންނަށް ސިޓީ ފޮނުވި ނަމަވެސް އޮފީސް މާހައުލު ރައްކާތެރި ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.
"އަހަރެން ބުނީ އޮފީސް ކޮބާހޭ ސޭފްވެފައި. އެންމެން ތިއްބައޭ އަހަރެންގެ ގަޔަށް ބޮލަށް އެރީ"
ބްރޯޑްކޮމްގައި އެދިގެން ހަތަރު ދުވަހު، ގޭގައި ހުރެގެން މަސައްކަތް ކުރަން ހުއްދަ ދިނަސް އެ މުއްދަތު ހަމަވެެގެން އިތުރުކޮށްދޭން ވެސް ވަނީ އެދިފަ އެވެ. އެކަމަކު މިހާތަނަށް ޖަވާބެއް ނުލިބެ އެވެ.
މުއައްސަސާތަކަށް ހުށަހަޅާފައިވާ މި މައްސަލަ އަދި އަންހެން މުވައްޒަފު ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "މިހާރު"ން ފަޒީންގެ ބަހެއް ހޯދަން ގުޅުމުން ކޮމެންޓެއް ނުކުރެއްވި އެވެ.
އެކަމަކު މި މައްސަލަ ފެންމަތިވުމުން އަންހެން މުވައްޒަފަށް މެސެޖްކޮށް މައްސަލަ ނަގައިދޭން އޭނާ ވަނީ އެދިފަ އެވެ. އެ މެސެޖް "މިހާރު" އަށް ވަނީ ފެނިފަ އެވެ.
"ވަރަށް ބޮޑަށް އާދޭސްކޮށްފައި ބުނަން ހުށަހަޅާފައިވާ މައްސަލަ ނަގައިދޭން އެދެން. މިއީ އަޅުގަނޑުގެ ހަޔާތުގައި ހިނގި މިފަދަ ފުރަތަމަ މައްސަލަ. ކޮންމެސް ހައްލެއް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެދެން. އަޅުގަނޑު މިހުރީ މިފަދަ މައްސަލައެއް މުޅިން އަލަށް ކުރިމަތިވުމުން ވަރަށް ބޮޑަށް ހާސްވެ ހަދާނެ ގޮތް ހުސްވެފައި،"
"ކުށެއް ކުރެވިފައިވާ ނަމަ، ވަރަށް ބޮޑަށް މާފަށް އެދެން."
އަންހެން ކުއްޖާ ބުނީ މި މައްސަލަ ނުބަލައި ދިގު ދަންމާތީ، އިތުރަށް ހުށަހަޅާނެ ތަނެއް ނެތް ކަމަށެވެ. ޖިންސީ ފުރައްސާރައިގައި އިންސާފެއް، އަދި ރައްކާތެރިކަމެއް ނުލިބޭނެ ކަމުގެ އިހްސާސް ކުރެވިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!
18އަހަރުގެ އަންހެނަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރު
އަލީ ވަހީދަށް މިހާރު އަޅާނެ ފިޔަވަޅެއް ނެތް: އެމްޑީޕީ
ޒަމްޒަމްއަށް ފިޔަވަޅު އަޅާނީ އިތުރު މައުލޫމާތު ލިބުމުން
އަލީ ވަހީދުގެ ދައުވާ ނެގުމުން ގާސިމް ހިތްހަމަޖެހިއްޖެ!
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި