Roadha Mihaaru

ފުރައްސާރައިގެ މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތެއް ދެނީ

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދޭން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

06 މާޗް 2025

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދޭން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، ކުރިން ވަނީ ސުވާލުކޮށްފަ އެވެ.

ނަމަވެސް، މިހާތަނަށް ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ކޮމިޓީގައި އެ މައްސަލަ އޮތްއިރު، ފަޒީން މަސައްކަތަށް ވެސް ނުކުންނަވަ އެވެ. އެކަމާ ގުޅިގެން ކޮމިޝަންގެ ތެރޭގަ އާއި އަނިޔާގެ ޝިކާރައަކަށް ވި ކަމަށް ބުނާ މުވައްޒަފުގެ ގިނަ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ސީދާ ކާކުގެ ކޮން މައްސަލައެއް ކަން ހާމަނުކޮށް "ކޮމިޓީން ބަލަމުން ދާ މައްސަލަ" އަކާ ގުޅިގެން ރޭ ބޭއްވި ބައްދަލުވުމަކީ މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ބެލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ކޮމިޓީގެ ބައެއް މެންބަރުން ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.

ގާތްގަނޑަކަށް ތިން މިނެޓަށް ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ، މައްސަލާގައި ތުހުމަތުވާ ފަރާތުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ކޮމިޓީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، ފަޒީނަށް އެ ފުރުސަތު ދޭން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

Jinsee furassaarakoh depression ah, Rakkaatheri kameh nulibunu!

Jinsee furassaarakoh depression ah, Rakkaatheri kameh nulibunu!

The most trusted news source in the Maldives

Mihaaru

ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ އާ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައި --

ކޮމިޓީން ބަލަމުން ގެންދާ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ރޭގެ ބައްދަލުވުމުގައި ފާސްކުރި އެވެ. އެ މައްސަލަ ކޮމިޓީން ބަލަން ފެށި ކަމަށް ފާސްކޮށް، މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވަން ފެންނަ ކަމަށް ފާސްކުރީ މުޅި ކޮމިޓީގެ އިއްތިފާގުުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުވައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.

މި މައްސަލާގައި މިދިޔަ ހަފްތާގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ވެސް ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. މިހާތަނަށް އެ މައްސަލާގައި ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވީ ބަލަނީ ކާކުގެ ކޮން މައްސަލައެއް ކަން ހާމަނުކޮށް، ސިއްރު ކޮށްގެންނެވެ. ކޮމިޓީން ބުނި ގޮތުގައި މައްސަލަ ސިއްރުން ކުރިއަށް ގެންދަނީ ދެ މީހެއްގެ ޒާތީ މަސްލަހަތު އެކުލެވޭ މައްސަލައަކަށް ވާތީ އެވެ.

ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒު ވެފަ އެވެ.

މައްސަލަ ނުބެލި ދިގުލައިގެން ގޮސްފައިވާއިރު، އޭނާ ކިޔައިދިން ގޮތުގައި އެ މައްސަލައާ ގުޅިގެން އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.