ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ބައިވެރިވެ ވަޑައިނުގަތުމުން، ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ނެރެފި އެވެ.
25 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ބައިވެރިވެ ވަޑައިނުގަތުމުން، ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް އޮތީ ނެރެފަ އެވެ. އެކަމަކު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާއިރު އޭގެ ތެރެއިން 9 މެމްބަރަކު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ފަލާހު ވިދާޅުވެ އެވެ.
އެނގިފައިވާ ގޮތުގައި އަޒާން ވޯޓުގައި ބައިވެރިވެ ވަޑައިނުގަތް ނަމަވެސް ހުންނެވީ މާލޭގަ އެވެ. އޭނާއަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕުތަކުގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.
އޭނާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވެސް މި ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާ ގްރޫޕުން ބޭރު ނުކުރާ ކަމަށްވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީޖީ ލީޑަރު ފަލާހު ވަނީ ޕާޓީގެ ވިޕާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، ވަކި ގޮތަކަށް ވޯޓު ދޭން ވިޕްލައިނެއް ކަނޑައެޅުމުން އެއާ ހިލާފުވުމަކީ އެއްވެސް އިރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދުކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު އެ ބިލް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް މެންދުރު ފަހު ފޮނުވުމާ އެކު އޭގެ ދެތިން ގަޑިއިރު ފަހުން ކޮމިޓީގެ ބައްދަލުވުން ބާއްވައި ކޮމިޓީން ވަނީ އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި
ވޯޓުގައި ބައިވެރި ނުވީ ދެ މެމްބަރެއް: ފަލާހު
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ކޯޓުން ބަލައިގެންފި
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ހުށަހެޅި މައްސަލަ ބޭރު
ދާއިރާގެ ސްޓިއަރިން ކޮމިޓީން އަޒާނާ ދެކޮޅަށް ބަޔާނެއް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
އަޅުގަނޑު އަދިވެސް މި ހުރީ ސަރުކާރާއެކު: އަޒާން