މީގެ ހަ މަސް ދުވަސް ކުރިން ޒަހަމްތަކަކާ އެކު، ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލައެއް ބަލައިގަންނަން ރިޔާސަތުން ދެކޮޅު ހައްދަވައިފި އެވެ.
26 ފެބުރުއަރީ 2025
މީގެ ހަ މަސް ދުވަސް ކުރިން ޒަހަމްތަކަކާ އެކު، ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލައެއް ބަލައިގަންނަން ރިޔާސަތުން ދެކޮޅު ހައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް އަދި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަމީން ފައިސަލް އެވެ.
ދެ ބޭފުޅުންގެ ކުއްލި މައްސަލާގައި ވެސް ވަނީ ޒަކިއްޔާގެ މަރަށް ފަސް މަސް ވިއިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމަށް ވިދާޅުވެ، އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބެލުމަށެވެ. އެކަމާ ގުޅިގެން މި ހަފުތާގައި ހޮޅުދޫގައި ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމަވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ދެ މައްސަލާގައި ވެސް ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށެވެ. ކުއްލި މައްސަލައެއް މެދުވެރިވީ ކުއްލިއަކަށް އަދި މިދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކަށް ވާން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދެ މައްސަލާގައި ވެސް މި ޝަރުތު ހަމަނުވާތީ އެ މައްސަލަތައް ހުށަހެޅުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމާ މެދު ހިތްހަމަނުޖެހިވަޑައިގެން އައްބާސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ހޮޅުދޫގެ ރައްޔިތުން މިދިޔަ ހަތް ދުވަހު މުޒާހަރާ ކުރަމުންދާ ވާހަކަ އާއި ޒަކިއްޔާގެ މަރުގެ ހަގީގަތް ނުހޯދި މުޅި އަތޮޅުގެ ރައްޔިތުން ނަފްސާނީ ބިރުވެރިކަމަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ މައްސަލަ ހިނގާފައިވަނީ ހަތް ދުވަސް ކުރިން ކަަމަށާއި އޭގެ ފަހުން ހިނގާ ކަންކަމަށް ނުބެލެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅު ގިނަ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ހައްޔަރުކުރަން ވެސް ދަނީ ގޮވާލަމުންނެވެ.
ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުކީ ގޯސް ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ހޮޅުދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުން ގާތު ވިދާޅުވި އެވެ.
އެ މައްސަލާގައި އިހުސާން ވިދާޅުވީ މީގެ ކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. އެކަމަކު އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ކޮމިޓީން ފާސްކޮށްފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ޕީއެންސީ ޕީޖީ: އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ
73 ޕަސެންޓް މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް
ހާލަތަށް ބަލައި ދަރިންނަށްދޭ ހަރަދު އިތުރުކުރަން ތާއީދު
ސާބިތުނުވާ ވާހަކަތައް މަޖިލީހުގައި ދައްކައިގެންނުވާނެ: އަބްދުއްރަހީމް
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މެންބަރުންނަކީ "ބޮޓުން" ކަމަށް ސިފަ ނުކުރަން އެދިއްޖެ