މިއަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލްގައި މާޒިޔާ އާއި އީގަލްސް ވާދަކުރަން ޖެހިއްޖެ އެވެ.
މިއަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލްގައި މާޒިޔާ އާއި އީގަލްސް ވާދަކުރަން ޖެހިއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި އޮޑި ސްޕޯޓްސް ކްލަބެވެ. މި މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާ ވަނީ 2-2 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީ ޝޫޓައުޓްގައި މާޒިޔާ ކުރި ހޯދީ 4-3 އިންނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް މާޒިޔާ އެވެ. ފުރަތަމަ ހާފުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އިލާން އިމްރާން އެވެ. ނަމަވެސް އޮޑި ސްޕޯޓްސް އަށް ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުން އަހުޒަމް ރަޝީދު ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ދެ ވަނަ ހާފުގައި އަހުޒަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން އިރު، މާޒިޔާއަށް އެއްވަރު ކޮށްދިނީ ވެސް އިލާން އެވެ.
އީގަލްސް ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެގެންނެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އީގަލްސް އަށް ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު ޝަމްހާން އެވެ. އޭގެ ހަތް މިނިޓު ފަހުން ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުން ދެވަނަ ލަނޑު ވެސް ޖަހައިދިނީ ޝަމްހާން އެވެ.
މާޒިޔާ އާއި އީގަލްސް ވެސް ވަނީ އެންމެ ފަހުން ބޭއްވި 2022 ގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަލިވެފަ އެވެ. މާޒިޔާ އިން އެންމެ ފުރަތަމަ ބޭއްވި 2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި ވާއިރު، އީގަލްސް ވަނީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި މީގެ ކުރިން ދެ ފަހަރު އީގަލްސް އާއި މާޒިޔާ ބައްދަލު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ ބަލިކޮށް އީގަލްސް ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބު ކުރި އިރު، 2017 ވަނަ އަހަރުގެ ފައިނަލްގައި ވެސް މާޒިޔާ އަށް އީގަލްސް ބައްޔެއް ނުކުރެވުނެވެ.
އީގަލްސް އިން ފައިނަލްގައި މާޒިޔާ ބަލިކުރި ދެ ފަހަރު ވެސް ޔޫތު ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 21 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ.. މާޒިޔާ ކާމިޔާބު ކުރި 2011 ވަނަ އަހަރު މުބާރާތް ބޭއްވީ 20 އަހަރުން ދަށަށެވެ.
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަހަތުން އަރައި އީގަލްސް ސިއްސުވާލައިފި
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސެންޓޭ ކުޅެން ނުކުމެ މާޒިޔާ ސަލާމަތް ކޮށްފި