ފަހު ހާފުގައި ޖެހި ގޯލުތަކާ އެކު ފަހަތުން އަރައި 6-1 އިން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ މި އަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
ފަހު ހާފުގައި ޖެހި ގޯލުތަކާ އެކު ފަހަތުން އަރައި 6-1 އިން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ މި އަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
މިއީ މާޒިޔާ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2011 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ މުބާރާތެވެ. އޭގެ ފަހުން 2014 އަދި 2017 ވަނަ އަހަރު ވަނީ ފައިނަލްގައި ކުޅެ އީގަލްސް އަތުން ބަލިވެފަ އެވެ. އީގަލްސް ރެކޯޑް ފަސް ފަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މިއަހަރުގެ ފައިނަލް މެޗުގެ ކުރީކޮޅު އީގަލްސް ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ޝަމްހާން އެވެ. ނަމަވެސް މާޒިޔާ ވަނީ ފަހު ހާފުގައި ހަ ގޯލު ޖަހައި ނަތީޖާ އަނބުރާލުމަށް ފަހު، ތަށި ޔަގީން ކޮށްފަ އެވެ. އަދި މިއީ ޔޫތު ޗެމްޕިއަންޝިޕް ފައިނަލެއްގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މާޒިޔާ އަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން އީދާން އަހުމަދު މޫސާ އެވެ. އެއަށް ފަހު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އަނޫފް އަބްދުﷲ ދެ ގޯލު ޖަހައި ލީޑު ހޯދައިދިން އިރު، ހަތަރުވަނަ ލަނޑު ޖަހައިދިނީ ނައްސާހް އިބްރާހިމް ނާސިރެވެ. އޭނާ ވަނީ މި މެޗުގައި އެޓީމުން ޖެހި ހަތަރު ގޯލެއްގައި އެސިސްޓް ވެސް ކޮށްފަ އެވެ.
ފަހު ދެ ލަނޑު ޖަހައިދިނީ މުހައްމަދު އިލާން އިމްރާން އެވެ. އުމުރުން 16 އަހަރުގެ އިލާން ވަނީ މުބާރާތުގައި ޖުމްލަ ނުވަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލް ކޮށްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ، މެޗަކުން ބަލި ނުވެ މާޒިޔާއަށް ތަށި ހޯދައިދިން އިބްރާހިމް ސައީދު (ކަކާ ކޯޗް) އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި މާޒިޔާ ވަނީ ސެމީ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބާ އެއްވަރު ކޮށްފަ އެވެ. ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
ފެއާ ޕްލޭ ޓީމަކަށް އޮޑި ސްޕޯޓްސް ކްލަބް ހޮވުނު އިރު، އެޓީމުގެ ކެޕްޓަން މުހައްމަދު ރަވާއު ވަނީ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ހިމެނޭ ޑްރީމް ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.
އޮޑި ސްޕޯޓްސްގެ ރަވާއުގެ އިތުރުން ޑްރީމް ޓީމުގައި ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ނާއިލް ޔޫސުފް، ކްލަބް އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު، މުހައްމަދު އައިމަން ހަސަން، ކެޕްޓަން މުހައްމަދު ޝަމްހާން އަދި ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު އާއި މާޒިޔާގެ އިލާން، އަނޫފް، އަލްސަން އިބްރާޙިމް، އަހުމަދު ހަމީސް އަރީފް އަދި ކެޕްޓަން އީދާން އެވެ.
އީގަލްސްއަށް ފަސޭހަ މޮޅެއް، ސަސްއިން މާޒިޔާ ބަލިކޮށްފި
މާޒިޔާ ކަޓުވާލުމަށް ފަހު އީގަލްސް ސެމީ އަށް
އޭދަފުށްޓައް އުއްމީދެއް، އީގަލްސް ލީޑުނަގައިފި
މާޒިޔާ އާއި އީގަލްސް ފައިނަލާ ގާތަށް
ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަހަތުން އަރައި އީގަލްސް ސިއްސުވާލައިފި
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު