ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
27 ފެބުރުއަރީ 2025
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ކުދިންނަށް ރިޕޯޓް ފޮތް ދީ، އަހަރީ ޗުއްޓީ ފަށާފައި ވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެހެންވެ، ކުރިއަށް އޮތް ރޯދަމަސް އެއްކޮށް ސްކޫލް ކުދިންނަށް ކިޔެވުން ބަންދުވާނެ އެވެ.
މުޅި ރާއްޖޭގައި މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 96،000 ކުދިން ވަނީ ތައުލީމު ހާސިލުކޮށްފަ އެވެ. އެއީ 40،300 އަންހެން ކުދިންނާއި 42،700 ފިރިހެން ކުދިންނެވެ.
ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު 12،662 ޓީޗަރުން މަސައްކަތް ކުރި އެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ފެށޭ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގަ އެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް