އަންނަ ދިރާސީ އަހަރު ސްކޫލްތަކުގެ "އެކްޓިވިޓީ ކަލަންޑަރު" ގައި އިތުރު ހަރަކާތްތައް ހިމަނާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
18 ޖެނުއަރީ 2025
އަންނަ ދިރާސީ އަހަރު ސްކޫލްތަކުގެ "އެކްޓިވިޓީ ކަލަންޑަރު" ގައި އިތުރު ހަރަކާތްތައް ހިމަނާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މިއީ އިތުރު ހަރަކާތްތަކާ ގުޅޭ ކަލަންޑަރު އެކުލަވައިލުމުގެ ކުރިން ހިޔާލާއި މަޝްވަރާ ހޯދަން މިނިސްޓްރީން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ސްކޫލްތަކުގައި މިހާރު އިތުރު ހަރަކާތްތައް ހިންގާ ގޮތާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކުރާނެ އެވެ.
މާދަމާގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ކޮންމެ ޒޯނަކުން ސްކޫލެއް ހިމެނެ އެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ކުޅިވަރުގެ އެކިއެކި ޖަމިއްޔާތަކާއި ސްކޫލްތަކުގެ ކުޅިވަރު ސުޕަވައިޒަރުންނާއި ސްކައުޓް އަދި ކަބް ސްކައުޓުން ވެސް މި ބައްދަލުވުމުގައި ތަމްސީލު ކުރެ އެވެ.
ދިވެހި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވެސް ދެ ދުވަހުގެ މި ބައިވެރިވި އެވެ.
އިމާދުއްދީން ސްކޫލުގައި މިއަދު ހެނދުނު ފެށި އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމުކުރާ ޖަމިއްޔާތަކުން އަމަލުކުރަމުންދާ ގޮތުން އޭގެ ނޭދެވޭ އަސަރު ކުދިންގެ ކިޔެވުމަށް ކުރާ ކަމަށެވެ.
ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގުމަށާއި ޓީޗަރުންނަށް ފަސޭހަވާނެ ގޮތަކަށް ކުޅިވަރުތައް ރޭވުމަށް މަޝްވަރާ ކުރުމަށް އިސްމާއިލް އެދިވަޑައިގެންނެވި އެވެ.
ސްކޫލް ޗުއްޓީގައި އިތުރު ހަރަކާތްތައް ބާއްވާ ކަމުގެ ޝަކުވާ އަބަދު ވެސް ބެލެނިވެރިންނާއި ޓީޗަރުން ވެސް ކުރެ އެވެ. އެހެންވެ، ކުދިންނަށް ލިބޭ ޗުއްޓީ ވެސް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުހިފޭ މައްސަލަ ވަރަށް ބޮޑެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް
ވޮކޭޝަނަލް ތަމްރީނަށް މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ