Roadha Mihaaru

އަޒާނާ ދެކޮޅަށް ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި އަމަލު ކުރެއްވުމުން އޭނާއާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން މިއަދު ބަޔާނެއް ނެރެފި އެވެ.

ދާއިރާގެ ސްޓިއަރިން ކޮމިޓީން އަޒާނާ ދެކޮޅަށް ބަޔާނެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި އަމަލު ކުރެއްވުމުން އޭނާއާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން މިއަދު ބަޔާނެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން--ފޮޓޯ: މަޖިލިސް

ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން--ފޮޓޯ: މަޖިލިސް

އެކަމާ ގުޅިގެން ޕީއެންސީގެ ހިތަދޫ މެދު ދާއިރާއިން ނެރުނު ބަޔާނުގައި ބުނީ އަޒާން މަޖިލީހަށް ހޮވުނީ، އެ ޕާޓީގެ ފަރާތުން ވާދަކުރައްވައިގެން ޕީއެންސީ މެމްބަރުންގެ ބުރަ މަސައްކަތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް މަޖިލީހުގައި ދައްކަން އަޒާން މަސައްކަތް ކުރެއްވި ނަމަވެސް އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ އަށް މެމްބަރުން ސޮއި ކުރައްވާފައިވާ އެ ބަޔާނުގައި ބުނީ ޕާޓީގެ ވިޕްލައިނާ އަޒާން ހިލާފުވެފައިވާ ކަމަށާއި އެހެންވެ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެދޭ ކަމަށެވެ.

އެ މައްސަލާގައި އަޒާން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދުކުރަން ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެކަމަކު އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރާ އެކު ހުންނެވި ކަމަަށް އަޒާން ވިދާޅުވިއިރު، މަޖިލީހުގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައިނުގަތުމުން ވަނީ ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ވަނީ ނެރެފަ އެެވެ.