މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށައި އެ ތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
27 ފެބުރުއަރީ 2025
މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށައި އެ ތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
އިއްޒުއްދީން ފާލަން އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށާނެ ކަމަށާއި އަދި އެ ތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބޮޑު ބިމެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ އަދި ގުޅީފަޅުގައި އެތައް ހާސް ހައުސިން ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާނެ އެވެ. އަދި ގިރާވަރު ފަޅާއި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރާ ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ކަން ރައީސް އިއުލާން ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާވާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކުރައްވައި، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއެއް އެ ތަނުގައި ހިންގަން ނިންމެވި އެވެ.
އެކަމަކު، ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް ޗައިނާއާ އެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި މިހާރު ތަރައްގީ ކުރަމުންދާ ޑޮކްޔާޑް މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި އިންޑިއާއާ އެކު ވެސް ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމުގެ މަޝްވަރާ ވެސް ކުރެއްވި އެވެ.
އުތުރުތިލަފަޅުގައި ޗައިނާގެ ކުންފުންޏަކުން ގާއިމްވެ ތިބެ އެތަނުގައި މަޝްރޫއުއެއް ހިންގުމަކީ އިންޑިއާގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ރައީސް ނިންމަވާފައި އޮތީ މިދިޔަ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅާއި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅައި ގުޅާލުމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު މަޝްވަރާކޮށް، މިހާރު ވަނީ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އުއްމީދަކީ 2026 ގައި އަމަލީ މަސައްކަތް ފަށައި، ގިނަވެގެން ތިން އަހަރު ތެރޭ މަޝްރޫއު ނިންމާލުމެވެ.
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ
ޗައިނާ އިން މަޝްރޫއުތައް ހިންގަނީ މާ އަގު ބޮޑުކޮށް
ޗައިނާގެ ހައުސިން މަޝްރޫއު ލަންކާ އިން ހުއްޓާލައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
"މިއީ ނުފޫޒެއް ނެތް ހަމައެކަނި ހައުސިން ލިސްޓް"
އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދެނީ