Roadha Mihaaru

އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް

އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45ރ. އަށް މިއަދު ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 މާޗް 2025

އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45ރ. އަށް މިއަދު ވިއްކަން ފަށައިފި އެވެ.

ޕީޕަލްސް ޗޮއިސް އިން އެ އަގުގައި ލޮނުމެދު ވިއްކާއިރު، މިވަގުތު ލިބެން ހުރީ ރީޓެއިލްކޮށެވެ. ބާޒާރުގައި ލޮނުމެދު ކިލޯއެއް އުޅެނީ 90ރ. އާއި 120ރ. އަށެވެ.

އެސްޓީއޯ އިން އަންނަނީ، ބާޒާރުގައި އާންމުކޮށް ބޭނުން ކުރާ ބާވަތެއްގެ އަގު އުފުލޭތޯ ބަަލައި، ހެޔޮ އަގުގައި އެ ތަކެތި އާންމުންނަށް ފޯރުކޮށްދެމުންނެވެ.

ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ކާއްޓާއި ލުނބޯ ވެސް އެސްޓީއޯ އިން ހެޔޮ އަގުގައި ވިއްކަ އެވެ. އޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވެސް ތަރުކާރީގެ ބާވަތްތައް މިހާރު ވިއްކަ އެވެ.

އެސްޓީއޯއިން އަންނަނީ ބައެއް ބާވަތްތައް ހޯލްސޭލްކޮށް ވެސް ވިއްކަމުންނެވެ. ހުޅުމާލޭގެ އެސްޓީއޯ ހޮޓާ ސަައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުން ވެސް ފިޔާ، އަލުވި ބިސް ލިބޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ. އެހެންވެ، މިއަދު ރޯދަމަސް ފެށިއިރު ތަކެތީގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.