މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން އިޝްތިހާރުގެ ގޮތުގައި ބަލާނެ ކަންކަން ހެލްތު މިނިސްޓްރީން ސާފުކޮށްދީފި އެވެ.
01 މާޗް 2025
މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން އިޝްތިހާރުގެ ގޮތުގައި ބަލާނެ ކަންކަން ހެލްތު މިނިސްޓްރީން ސާފުކޮށްދީފި އެވެ.
އެ ގަވާއިދުގެ ދަށުން، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށް ވަނީ ބުނެފަ އެވެ. އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
އެކަމާ ގުޅިގެން، ކާބޯތަކެތި ވިއްކާ ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުންނާއި ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސޯޝަލް މީޑިއާގައި ކާބޯތަކެތި ވިއްކުމަށް ޖަހާ ވަކިވަކި ޕޯސްޓުތައް އެއީ އިޝްތިހާރުގެ ގޮތުގައި ހިމެނި، ވަކިވަކި ޕޯސްޓުތަކަށް ހުއްދަ ނަގަން ޖެހުމެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޝްތިހާރެއް ކަމަށް ބަލާނީ ކާބޯތަކެތި ނުވަތަ އުފެއްދުމަށް ބޭނުން ކުރާ އެއްޗެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.
އޭގެ ތެރޭގައި ރެސްޓޯރެންޓު ފަދަ ތަންތަނުގެ މެނޫ އާއި ކާބޯތަކެތި ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ހުރި ކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް ނުހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ސޯޝަލް މީޑިއާގައި ޖަހާ މިފަދަ ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓުތަކުގައި ވިއްކާ ކާބޯތަކެއްޗަކީ އެފަދަ "ދެވަނައެއް ނެތް" އެއްޗެއް ކަމަށް ބުނެ ނުވަތަ އިތުރު އެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ބޭނުންކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތުން ބުންޏެވެ.
އިޝްތިހާރުތަކަށް އެ ގޮތަށް ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ފާސްކުރި އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަންޖެހެ އެވެ.
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
ކާތަކެތި ވިއްކަން ލައިސަންސް އާކުރަން އިތުރު މުއްދަތެއް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު