Roadha Mihaaru
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި

ކޮލިޓީގެ މައްސަލަތައް އުޅޭތީ ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަން ވަރުގަދަކޮށްފި

01 އޮކްޓޯބަރ 2024

ބޭހުގެ ކޮލިޓީގެ މައްސަލަތަކެއް އުޅޭތީ އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް ހަރުދަނާކޮށް، އެފަދަ ބޭސްތައް އެތެރެވިޔަނުދިނުމަށް މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

ބޭހުގެ ކޮލިޓީގެ މައްސަލަތަކެއް އުޅޭތީ އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް ހަރުދަނާކޮށް، އެފަދަ ބޭސްތައް އެތެރެވިޔަނުދިނުމަށް މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

އިންޑިއާގައި އުފައްދާ 48 ބޭހެއްގައި މައްސަލަ އުޅޭކަމަށް، އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ، ސީޑީއެސްސީއޯއިން ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އެފްޑީއޭއިން މިއަދު ބުނީ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބަލަން ގިނަ މަސައްކަތްތަކެއް ކޮށް، މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ.

ނަމަވެސް، ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބެޗެއްގައި، އެ ބޭސް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓުކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

އެކަމަކު، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވުމާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." އެލާޓުގައި ވެ އެވެ.

ބޭހާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.