Roadha Mihaaru

ފެން ފްލާންޓު ހަލާކުވެ ފޮނަދޫގެ ބައެއް ގެތަކުގައި ފެނެެއް ނެތް!

ލ. ފޮނަދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެ ރަށުން ފެން ކެނޑިއްޖެ އެވެ.

ފެން ފްލާންޓު ހަލާކުވެ، ފޮނަދުއަށް ދަތިވެފައި!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 މާޗް 2025

ލ. ފޮނަދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެ ރަށުން ފެން ކެނޑިއްޖެ އެވެ.

ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު، "މިހާރު" އަށް ވިދާޅުވީ ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން މީގެ ހަފްތާއެއްހާ ކުރިން ހުއްޓިފައިވާ ކަމަށެވެ. އެހެންވެ، އެކަން މިދިޔަ ހަފްތާއިން ފެށިގެން ފެނަކައަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފެން ޕްލާންޓުގައި ރައްކާކޮށްފައިވާ ހުރި ފެންތައް ވެސް މިހާރު ވަނީ ހުސްވެފަ އެވެ. އެހެންވެ، ހަމައެކަނި އެ ފެން ބޭނުންކުރާ ފަރާތްތަކަށް އޭގެ ދަތިތިވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެކަމަކު އާބާދީގައި 3،000 އަށް ވުރެެ ގިނަ މީހުން އުޅެމުން އަންނަ ފޮނަދޫގެ ގިނަ ގޭގައި ދެ ވައްތަރުގެ ފެން ލިބެ އެވެ.

"އަސްލު މިހިސާބަށް މިދިޔައީ މެއިން އޮފީހަށް އަންގައިގެން ތިއްބާ،" ރިޔާޒު ވިދާޅުވި އެވެ.

ޜިޔާޒު ވިދާޅުވި ގޮތުގައި ރޭ ދަންވަރުން ފެށިގެން ޕްލާންޓު ފެން ލިބުން ހުއްޓިފައިވާއިރު ބައެއް ގެތަކަށް އޭގެ ދަތިކަން އެބަ އޮތެވެ.

"މޯޓަރު ބަހައްޓައިގެން އުޅޭ މީހުންނަށް ފެން ލިބޭނެ. ދެ ފެން ލިބޭ ގޭގޭ ގިނަ ވާނީ. އެކަމަކު ވަރަށް މަދު ބަޔަކު އަނެއްހެން ހުންނާނީ ސީދާ އެޔަށް ޑިޕެންޑުވާ [ޕްލާންޓު ފެނަށް]،" އޭނާ ވިދާޅުވި އެވެ.

"އެންމެން އެ ފެނަށް ޑިޕެންޑު ނުވާތީ ބޮޑު ކަމަކަށް ނުވެދާނެ. އެކަމަކު ރަށުގައި މި ޕްލާންޓު ފެނަށް ޑިޕެންޑު ވެގެން އުޅޭ މީހުން އެބަ ތިބި. އެހެންވީމަ އެ މީހުންނަށް ހަމަ ދަތިކަން އެބަ އޮތް."

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފޮނަދޫގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

ފެން ޕްލާންޓު ހެދުމަށް ބޭނުންވާ ތަކެތި މާލެއިން އެ ރަށަަށް މިރޭ ފޮނުވައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.