ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
01 ޑިސެމްބަރ 2025
ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ފައިސާ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ.
އެހެންވެ، އެ މައްސަލާގައި ދައުވާކުރީ އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި ޏ. ފުވައްމުލަކު ހޯދަޑު މައިޒާން، މަރިޔަމް ދީނާ ސޯލިހާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި މ. ފެހިވިދުވަރުގޭ އިސްމާއިލް ޝަމްއޫނަށް ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީން ނެރުނު ބަޔާނުގައިވަނީ ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި އެ ދެ މީހުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލާގައި ދެ މީހަކަށް ދައުވާ ކުރިއިރު، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވައިފަ އެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
ނިހާނަށް ދައުވާކޮށް މުދާތައް ދައުލަތަށް ނަގަން އެދެފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"