އިމްތިހާނު ހެދުމުގެ ކުރިން ޑޮކްޓަރުންނަށް ދެމުން އަންނަ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފި އެވެ.
03 މާޗް 2025
އިމްތިހާނު ހެދުމުގެ ކުރިން ޑޮކްޓަރުންނަށް ދެމުން އަންނަ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، މެޑިކަލް ކައުންސިލްގެ ލައިސަންސިން އިމްތިހާނު ފުރިހަމަކުރަންޖެހޭ ޑޮކްޓަރުންނަށް މީގެ ކުރިން އެއް އަހަރަށް ދޫކުރަމުން ދިޔަ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަންގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ.
އެ ބަދަލަށް ސެޕްޓެމްބަރު 1، 2024 ގައި އަމަލުކުރަން ފެށިއަސް އެކަން ގެޒެޓުކުރީ މިދިޔަ ހަފުތާގަ އެވެ.
ހަ މަސް ދުވަހަށް އެންމެ ފަހުން ދިން ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަކު، މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެކަމަކު، އޭގެ ފަހުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތަކީ ހަ މަސް ދުވަހެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު ކުޑަކުރީ، ވަގުތީ ލައިސަންސަކަށް އެއް އަހަރު ދިގުކަމަށް ފެންނާތީ ކަމަށެވެ. ނަމަވެސް، އިމްތިހާނު ހެދުމުން ލިބޭ ދާއިމީ ލައިސަންސްގެ މުއްދަތަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިހާނުން ފާސްވެއްޖެ ނަމަ ޕްރެކްޓިސް ކުރަން ފަސް އަހަރުގެ ލައިސެންސަންސެއް ލިބޭނެ އެވެ.
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީގެ ވަގުތު އިތުރުކުރަނީ
އީއެމްއެލްގައި ނުހިމެނޭ ބޭސް ގަންނަންޖެހޭ ގޮތް ހަދަނީ
މެދުކެނޑުމަކަށްފަހު ޕްރީ މެޑިސިން ކޯސް ގަބޫލުކުރަނީ
މެޑިކަލް ނެތި ބިދޭސީން އައުން: ނުރައްކަލަށް ދައުވަތު!
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ޑޮކްޓަރުން ސްޕެޝަލައިޒްވާން ހަ ސްކޮލާޝިޕް ދީފި