ރީޖަނަލް ހޮސްޕިޓަލްތަކުގެ ކިއު ކުޑަކުރަން ހިދުމަތްދޭ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.
04 ޖުލައި 2024
ރީޖަނަލް ހޮސްޕިޓަލްތަކުގެ ކިއު ކުޑަކުރަން ހިދުމަތްދޭ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ މީގެ ކުރިން ރަސްމީ ވަގުތުގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ދެމުން ދިޔަ ހޮސްޕިޓަލްތަކުގައި މި މަހުން ފެށިގެން ދެ ދަންފަޅިއަށް ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްތަކަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ ތިނަދޫ، ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.
އޭގެ ތެރެއިން، ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފަ އެވެ. ބާކީ ހޮސްޕިޓަލްތަކުގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުން މީގެ ކުރިން އޯޕީޑީގައި ބަލި މީހުން ބަލަމުން ދިޔައީ ހެނދުނު 8:30-4:00 އަށެވެ. އެކަމަކު، ވަގުތު އިތުރުކުރުމުން ދެ ދަންފަޅިއާއެކު ރޭގަނޑު 10 ޖަހަންދެން އެކި ބަލިތަކުގެ ޑޮކްޓަރުން ފަރުވާ ދޭނެ އެވެ.
މިނިސްޓްރީން ބުނީ އޯޕީޑީގެ ވަގުތު އިތުރުކުރުމުން ހިދުމަތް ހޯދާ އާއްމުންނަށް އެތައް ގޮތަކުން ލުއި ފަސޭހަތައް ލިބޭނެ ކަމަށެވެ.
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
ހޭނައްތާ ޑޮކްޓަރުން ނުލިބި އޮޕަރޭޝަންތައް މަޑުޖެހިއްޖެ
300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ
ގިނަ އަދަދެއްގެ ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދަނީ
ޑޮކްޓަރުންގެ ވަގުތީ ހުއްދަ 6 މަސް ދުވަހަށް ކުރުކޮށްފި
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ސޮއިކޮށްފި
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައި ހިދުމަތް ފަށައިފި