Roadha Mihaaru
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި

ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސް ބާއްވައިފި

08 ޖުލައި 2023

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން އިންތިޒާމުކުރި ދިވެހި ޑޮކްޓަރުންގެ ފުރަތަމަ އަހަރީ ކޮންފަރެންސް މިއަދު ބާއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން އިންތިޒާމުކުރި ދިވެހި ޑޮކްޓަރުންގެ ފުރަތަމަ އަހަރީ ކޮންފަރެންސް މިއަދު ބާއްވައިފި އެވެ.

މިއީ ދިވެހި ޑޮކްޓަރުންނާއި އިންޓާނުންނާ އަދި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އިތުރު ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެ ޖަމިއްޔާއިން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ ކޮންފަރެންސެކެވެ. މިއީ އެ ކޮންފަރެންސް ބޭއްވި ފުރަތަމަ ފަހަރެވެ.

ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން

ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "އެކިއުޓް ކެއާ: އެމްޕަވަރިން ޑޮކްޓާސް" އެވެ.

އެ ޖަމިއްޔާ އިން ބުނީ ހ. މީރުމާ ހޯލުގައި މިއަދު ބޭއްވި މި ކޮންފަރެންސް 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން

ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން

އެ ކޮންފަރެންސްގައި ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ބޭސިކް ޕޮއިންޓް އޮފް ކެއާ އަލްޓްރާސައުންޑް ވޯކްޝޮޕަކާއި މެކޭނިކްސް އޮފް ވެންޓިލޭޝަންގެ ވޯކްޝޮޕެއް ހިމެނެ އެވެ.

އެއް ދުވަހުގެ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އަދި ފިލިޕިންސްގެ މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވި އެވެ.