ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ޖެނުއަރީ މަހު ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން 49،000 ސިނގިރޭޓް ފޮށި އަތުލައިގަނެފައިވާ ކަމަށާއި އެ ތަކެތި އަދި ކުންފުންޏާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
03 މާޗް 2025
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ޖެނުއަރީ މަހު ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން 49،000 ސިނގިރޭޓް ފޮށި އަތުލައިގަނެފައިވާ ކަމަށާއި އެ ތަކެތި އަދި ކުންފުންޏާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ވަނީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގަ އެވެ.
ޖެހިގެން އައި ދުވަހު، އެ އިދާރާއިން ބުނީ އެ ގެއިން ކާޑުބޯޑުގެ 103 ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް އޭރު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެޕާޓްމަންޓުގެ ތެރެއިން 49،000 ސިނގިރޭޓު ފޮށި ފެނުނު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސިނގިރޭޓު އުފައްދަން އުޅުނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށެވެ.
ސިނގިރޭޓުތައް ނައްތާލުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއަށް އަދި އެ މީހުންގެ ވިޔަފާރިއާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.
އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ
މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު، ސިނގިރޭޓު އުފައްދަން އުޅުނީ "ރޭޑިއަސް" ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑެވެ. އަދި "ރޭޑިއަސް" ކުންފުނީގެ ހިއްސާދާރެއްގެ ނަން ފުރަތަމަ ޚަބަރުގައި ޖެހިފައިވާތީ އޭނާ އާއި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.
ވޭޕް މަނާކުރިތާ ހަފުތާއެއް ތެރޭގައި 9 މީހަކު ޖޫރިމަނާ
ދުންފަތުގެ ވިޔަފާރިކުރެވޭނީ ލައިސެންސް ހޯދައިގެން: ހެލްތު
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
2008 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި