ވޭޕް ބުއިން ރާއްޖޭގައި މަނާކުރިތާ ހަފުތާއެއްގެ ތެރޭގައި ނުވަ މީހަކު ޖޫރިމަނާކޮށްފި އެވެ.
24 ޑިސެމްބަރ 2024
ވޭޕް ބުއިން ރާއްޖޭގައި މަނާކުރިތާ ހަފުތާއެއްގެ ތެރޭގައި ނުވަ މީހަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފުވި ނުވަ މީހަކު މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ޖުމުލަ 50،000ރ. ގެ ޖޫރިމަނާ އެވެ.
އޭގެ ތެރެއިން އެކަކު ސައިކަލު ދުއްވަމުން އީ-ސިނގިރޭޓް ބޭނުންކުރުމުން އިތުރަށް 10،000ރ އިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުންޏެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ހިލޭ ވޭޕް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ވިއްކުން މަނާ އުމުރު، 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން ވޭޕް ބޭނުންކުރުން މަނާކޮށްފައިވަނީ މި މަހުގެ 15 ގަ އެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ބުންޏެވެ.
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ވޭޕް އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހަކު ޖޫރިމަނާ
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި
ވޭޕް ޖޫރިމަނާ ކުރިކަން އަންގާނީ ފޯނަށް ދާ މެސެޖަކުން
ދުންފަތާ ދުރުވާނެ ފަރުވާ ހުރިހާ ރަށެއްގައި ގާއިމްކުރަނީ
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ