އުރީދޫއިން ގަތަރު ޗެރިޓީއާ ގުޅިގެން، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އޭސީކޮށް، މަރާމާތުކުރުމަށް ފަހު ހުޅުވައިފި އެވެ.
03 މާޗް 2025
އުރީދޫއިން ގަތަރު ޗެރިޓީއާ ގުޅިގެން، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އޭސީކޮށް، މަރާމާތުކުރުމަށް ފަހު ހުޅުވައިފި އެވެ.
އެ މިސްކިތް މަރާމާތު ކުރުމަށްފަހު ހުޅުވީ މިދިޔަ ހަފްތާގަ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލްފަހެއިދާ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލްހަމާދީ އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އެޗްޑީސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ވެސް ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލްހަމާދީ ވިދާޅުވީ އުރީދޫއަކީ ކަނެކްޓިވިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރަށް މުޖުތަމައުއަށް ފައިދާވާ ފަދަ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުންޏެއް ކަމަށެވެ. އަދި އެ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަކީ އެ ވިސްނުމުގެ ދަށުން ކުރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"މި މިސްކިތް މަރާމާތު ކުރުމުގެ މަގުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަ ބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެންނަށް ވެސް ފަސޭހަ ވެށްޓެއް ގާއިމުވެގެން ދިއުން." އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ފައިސަލް ވިދާޅުވީ އެ ޖައްމިއްޔާގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ އެކި މުޖުތަމައުތަކަށް ފައިދާ ހުރި އަދި ބޭނުންތެރި މަސައްކަތްތަކެއް ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ މި މަސައްކަތަކީ ގިނަ ބަޔަކަށް ފައިދާ ކުރާނެ މަސައްކަތެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުން ކުރެވޭ ގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށްފައި ވާއިރު، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. އެ މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
މިސްކިތުގެ ހުރުމަތް ކެނޑި ކަމަށްބުނާ ވާހަކައަކީ ދޮގެއް
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
މިސްކިތަށް ނުދިއުމުގެ ނުރައްކާ ވަރަށް ބޮޑު!
ގަރްޟާވީގެ މައްޗަށް މުޅި ރާއްޖޭގައި ކަށުނަމާދު ކުރަނީ
އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް އެހީވަނީ
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް
އާރްސީސީން ހުޅުމާލޭގައި އަޅައިދިން މިސްކިތް ހުޅުވައިފި
މިސްކިތެއްގައި ބިދޭސީން ދިރިއުޅެން ބައިތިއްބާފައި!
ވ. ތިނަަދޫގައި މިސްކިތް އަޅަން ބަޔަކު ޝައުގުވެރިވެއްޖެ
މިސްކިތްތަކުގައި އަދަބުތަކެއްވޭ: އެ އަށް ރައްކާތެރިވޭ!