Roadha Mihaaru
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ

ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ

01 ޖޫން 2024

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ދިޔަ ލޯންޗަކުން ޖެހި މިއަދު އޭނާ މަރުވެއްޖެ އެވެ. އަދި އެ ލޯންޗު ދުއްވި މީހާ ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ދިޔަ ލޯންޗަކުން ޖެހި މިއަދު އޭނާ މަރުވެއްޖެ އެވެ. އަދި އެ ލޯންޗު ދުއްވި މީހާ ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު ދުއްވަން އިނީ އދ. މާމިގިލި ޒުވާނެކެވެ.

މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އެއީ ބަންގްލަދޭޝްގެ މީހެކެވެ.

ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް ވިދާޅުވީ ފާނަ އަށް ގޮސް އުޅުނު ބަންގްލަދޭޝްގެ މީހަކު މޫދުގައި އޮއްވައި އެހެން ލޯންޗެއް އެ މީހާގެ ގައިމަތިން ދިއުމުން އެ މީހާ ސިއްހީ މަރުކަޒަށް ގެނައި ކަމަށެވެ.

"ގެނައި އިރު ވެސް އޮތީ މަރުވެފައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ، އެ ލޯންޗު ދުއްވި މީހާގެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އެކަމަކު، ހާދިސާ ހިނގީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނީ ބިދޭސީމީހާގެ ކަނދުރާ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.