ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިޔަސް، އޭނާގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުލިބޭތީ ސުއޫދާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިޔަސް، އޭނާގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުލިބޭތީ ސުއޫދާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް މުއިއްޒަށް ފޮނުއްވައިފަ އެވެ. އަދި އެ ސިޓީ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ޖޭއެސްސީގެ ރައީސަށް ސުއޫދުގެ އިސްތިއުފާގެ ސިޓީ މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ކޮމިޝަންގެ މެމްބަރަކު ވިދާޅުވި އެވެ.
އެހެންވެ، ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި މިއަދުގެ މެންދުރު އެކެއް ޖެހިއިރު ބޭއްވި ޖޭއެސްސީގެ މިއަދުގެ ބައްދަލުވުން ނިމުނު ފަހުން ސުއޫދު ވަނީ އިސްތިއުފާގެ ސިޓީ ޖޭއެސްސީގެ ރައީސަށް ފޮނުއްވައިފަ އެވެ.
ސުއޫދާ ގުޅޭގޮތުން ތިން މައްސަލައެއް ބެލުމަށް ޖޭއެސްސީން މިއަދު އެޖެންޑާކޮށްފައި އޮތެވެ. އެއީ އެ ކޮމިޝަނަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި އޭނާ މިވަގުތު ސަސްޕެންޝަންގައި ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ.
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖެއްސުމަށް ވެސް ޖޭއެސްސީން ސުވާލުކުރޭ: ސުއޫދު
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ރުހުން ނެތި، ފަނޑިޔާރުން ބަދަލެއް ނުކުރެވޭނެ: ސުއޫދު
ފަނޑިޔާރުން ގޭންގުތަކާ ގުޅިފައިވާ ކަމުގެ ހެކި ދީފި
ޖޭއެސްސީގެ ތަހުގީގަށް އެހީތެރިކަން ދޭނަން: ސުއޫދު
ސުއޫދުގެ ތުހުމަތުތައް ބަލާ ކޮމެޓީގެ ރައީސަކަށް އޭޖީ
ސުއޫދުގެ ތުހުމަތުތަކާ ގުޅޭ ހެއްކެއް ނުދިން: ޑީޖޭއޭ
ފަނޑިޔާރުންނާ ގޭންގުތަކާ ގުުޅުންއޮތްތޯ ޖޭއެސްސީން ބަލަނީ
ކްރިމިނަލް ކޯޓުން މިހާރު އިންސާފެއް ނުލިބޭނެ: ސުއޫދު