އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ (އައިއޭސީ) އޮޑިޓު ރިޕޯޓުތައް ނެރެން ފަށައިފި އެވެ.
05 މާޗް 2025
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ (އައިއޭސީ) އޮޑިޓު ރިޕޯޓުތައް ނެރެން ފަށައިފި އެވެ.
އެ ޖަމިއްޔާގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު މިއަދު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރުގެ ރިޕޯޓުތައް، އަހަރީ ރިޕޯޓާ އެކު މި ފަހުން ވެބްސައިޓުގައި އާއްމުކޮށްފައިވާ ކަމަށެވެ.
އާއްމުންގެ ބޮޑު އެހީއަކާ އެކު، ހިންގަމުން އަންނަ ޖަމިއްޔާގެ މާލީ ރިޕޯޓުތައް އާއްމުނުކުރާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށް ކޮމެންޓުކޮށްފައި ހުރެ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކާ އެކު، އެ ގައުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީދޭން 2023 ވަނަ އަހަރު ހިންގި ބޮޑު ކެމްޕެއިނާ ގުޅިގެންނެވެ.
އެ ކެމްޕެއިންގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި އާއްމުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތައް ދީފަ އެވެ. އެކަމަކު، ޖަމިއްޔާގެ މާލީ ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާއާ ގުޅިގެން އައިއޭސީން އޭރު ބުނީ އޮޑިޓު ރިޕޯޓުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އެކަމަކު، އެކަން ނުކުރެވި އޭރު ދިގުލައިގެން ދިޔައީ އެވެ.
އަޒްހަދު ވިދާޅުވީ 2023 ވަނަ އަހަރު ރިޕޯޓުތައް ވެސް މި މަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ.
މިހާރު އާއްމުކޮށްފައިވާ ރިޕޯޓުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެ ޖަމިއްޔާ އަށް 31.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި 2022 ވަނަ އަހަރު 20.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެ ފައިސާތައް ހޭދަކުރި ގޮތުގެ ތަފްސީލުތައް ވެސް އެ ރިޕޯޓުގައިވެ އެވެ.
އައިއޭސީ އޮޑިޓްކުރަން ފުރަތަމަ ހަވާލުކުރީ ރާއްޖޭގައި މަސައްކަތްކުރާ އެހެން ކުންފުންޏަކާ އެވެ. އެކަމަކު، ދިގުލައިގެންދާތީ ފަހުން އެކަން ހަވާލުކުރީ ބައިނަލްއަގުވާމީ އޮޑިޓް ފާމް، އާންސްޓް އެންޑް ޔަންގް (އީވައި) އަށެވެ.
އެ ތަނުން އޮޑިޓް ހަދާފައި ކޮންމެ ފަހަރަކު ސްރީ ލަންކާގެ މައި އޮފީހަށް ފޮނުވައި، އެ ބޯޑުން ވަކިން ރިޕޯޓުތައް ފާސްކުރަންޖެހެ އެވެ. އެ ރިޕޯޓުތައް ނެރުން ލަސްވީ އެ ސަބަބުތަކާ ހެދި ކަމަށް އަޒްހަދު ވިދާޅުވި އެވެ.
އަޒްހަދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ އެ ޖަމިއްޔާ އަށް ލިބޭ ފައިސާތައް ހޭދަކުރާ ގޮތުގެ މާލީ ރިޕޯޓުތައް ހުށަނޭޅުން ނުވަތަ އާއްމު ނުކުރުމަކީ، އެ ޖަމިއްޔާގައި އިސްކޮށް ތިބި މީހުން އޭގެ ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތު ކުރަން ލިބޭ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަމަކު، ބަޔަކު އެހީއެއް ދިނުމަށް ފަހު، އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލު ދޭން އެދެފި ނަމަ ނުވަތަ އެގޮތަށް ނޭދުނަސް ހަރަދުކުރި ގޮތް ކިޔައިދޭ ކަމަށް އަޒްހަދު ވިދާޅުވި އެވެ.
ޖަމިއްޔާތަކަށް ތުހުމަތު ކުރެވެނީ ހާމަކަން ނެތުމުން
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
އިންއެކްޓިވް ޖަމިއްޔާތަކަށް އިތުރު ފުރުސަތު ދެނީ
އެޓްމޮސްފިއާފައުންޑޭޝަނަށް ތިން އަހަރު ފުރުން ފާހަގަށްފި
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ ޖަމްއިއްޔާތައް ހޮވައިފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!