ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ކިލޯއެއްގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
05 މާޗް 2025
ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ކިލޯއެއްގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، ޕޯސްޓު މެދުވެރިކޮށް އިއްޔެ ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގައި ޑްރަގް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން ބަލާފައިވާ ކަމަށެވެ.
އެގޮތުން ބަލާ ފާސްކުރިއިރު އޭގެ ތެރެއިން ފެނުނު ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޕެކޭޖުގެ ތެރެއިން ފެނުނު ކެނަބިސްގެ ބަރުދަނުގައި 1.070 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ ތަކެތީގެ މަގުމަތީ އަގު 856,000ރ. އަށް އަރަ އެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައާ ގުޅިގެން ޕެކޭޖު ބަލައި ކަސްޓަމްސް އަށް ދިޔަ އުމުރުން 52 ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި، ޕެކޭޖުން ފެނުނު ޑްރަގް ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
ޑްރަގް އެތެރެކުރަނިކޮށް އަނެއްކާވެސް އަތުލައިގެންފި
ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި