Roadha Mihaaru
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

27 އޯގަސްޓް 2024

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ 11.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ 14 ވަނަ ދުވަހާއި މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 9.86 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 0.68 ކިލޯގެ ކެތިނޯން އާއި 10.20 ކިލޯގެ ކެނެބިސް އާއި 0.740 ކިލޯގެ ހެރޮއިންނެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަތީ މިމަހުގެ 14 ވަނަ ދުވަހު ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި މިމަހުގެ 19 ވަނަ ދުވަހު ވައިގެ މަގުން ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.

ކަަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި.

ކަަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި.

ކަަސްޓަމްސް އިން ބުނި ގޮތުގައި ކޮރިއާ މެދުވެރިކޮށް ގެނައި ތަކެތީގެ ތެރޭގައި ސިންތެޓިކް ކެތިނޯންގެ 680 ގްރާމް ހުއްޓެވެ. އަދި ޝިޕްމަންޓްގައި ފޮރުވާފައި ހުރީ 10.2 ކިލޯގެ ހެރޮއިން އާއި ކެނެބިސް ކަމަށް ކަސްޓަމްސުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.