ރެފްރީއާ ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ދިޔަ، ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ކޯޗު ޕައޮލޯ ފޮންސެކާ ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރަން ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޝަނުން ނިންމައިފި އެވެ.
ރެފްރީއާ ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ދިޔަ، ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ކޯޗު ޕައޮލޯ ފޮންސެކާ ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރަން ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޝަނުން ނިންމައިފި އެވެ.
ލިޔޯންއާ ދާދި ފަހުން ހަވާލުވި ޕޯޗުގަލް ކޯޗު ފޮންސެކާ ރުޅިގަދަވީ މިދިޔަ އާދީއްތަ ދުވަހު ލީގުގައި ބްރެސްޓް އަތުން 2-1 އިން އޭނާގެ ޓީމު މޮޅުވި މެޗުގެ ފަހު ވަގުތު އިދިކޮޅު ޓީމަށް ރެފްރީ ބެނޮއި މިލޯ ޕެނަލްޓީއެއް ދޭން އުޅުމުންނެވެ.
އެކަމާ ހިތްހަމަނުޖެހި އޭނާ ރެފްރީއާ ދިމާލަށް އަޑުގަދަކޮށް ހަޅޭއްލެވުމުން، ރެފްރީ އައިސް ރަތްކާޑެއް ދެއްކި އެވެ. އެ ވަގުތު ފޮންސެކާ ވަނީ ރެފްރީގެ މޫނާ، މޫނު ޖެހޭ ހިސާބަށް ގޮސް، ވަރަށް ބާރަށް، ހަޅޭއްލަވައިފަ އެވެ. އެ ވަގުތު ލިޔޯންގެ ކުޅުންތެރިންނާއި، އޮފިޝަލުން އޭނާ ދުރަށް ގެންދިޔަ އެވެ. އޭގެ ފަހުން ވެސް ރެފްރީއާ ދިމާލަށް ދާން މަސައްކަތްކުރި އެވެ.
ފޮންސެކާ ވަނީ އޭނާގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ. އޭނާ ބުނީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެ ހިސާބަށް ކަންތައް ގެންދެވުމުން ހިތާމަކުރާ ކަމަށެވެ.
ސަސްޕެންޝަނުގެ ސަބަބުން ފޮންސެކާ އަށް ނޮވެމްބަރު 30 ގެ ނިޔަލަށް ބެންޗަށް ނުދެވޭނެ އެވެ. އަދި ސެޕްޓެމްބަރުގެ މެދަކާ ހަމަޔަށް އަމިއްލަ ޓީމުގެ ޗޭންޖިން ރޫމަށް ވެސް ނުވަދެވޭނެ އެވެ.
އޭނާ އަށް ޓީމުގެ ޓްރެއިނިންތަކުގައި ބައިވެރިވެވިދާނެ އެވެ. އެކަމަކު ބެންޗަށް ނުދެވޭނެތީވެ ލިޔޯން އިން ފޮންސެކާ މަގާމުގައި ބަހައްޓަފާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޖެނުއަރީ 31 ގައި ލިޔޯންއާ ހަވާލުވި ފޮންސެކާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނީ އެންމެ ތިން މެޗެވެ.
ފޮންސެކާ އަށް މިއީ ނަސީބު ދެރަ ސީޒަނެކެވެ. އޭނާ ސީޒަން ފެށީ އިޓަލީގެ އޭސީ މިލާނުންނެވެ. ނަމަވެސް ނަތީޖާ ދަށްވުމާއި، ކުޅުންތެރިންނާ މައްސަލަ ޖެހެން ފެށުމުން ޑިސެމްބަރުގައި މަގާމުން ވަކިކުރީ އެވެ.
ފްރާންސް އެފްއޭގެރައީސް ހޮވީ އެމެޗާ ކްލަބްތަކުގެ ވޯޓުން
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި