ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީން އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
07 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީން އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
އެ ކޮމިޓީން އިސްތިއުފާ ދެއްވިކަން އުޝާމް، "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެެ.
އުޝާމް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އެވެ. އެހެންވެ، އަޒްމިރަލްދާއަށް ވެސް އިންސާފުވެރި ގޮތެއްގައި މައްސަލަ ބެލުމަށް އެ ކޮމިޓީން އިސްތިއުފާ ދެއްވީ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވިއިރު މިއަދު އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމު ކުރައްވައިފަ އެވެ.
އެ ހިސާބުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން އަށް ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކުރި އެވެ. އަދި ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށް، ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.
މި ސަރުކާރުގައި މިހާތަނަށް ފިޔަވަޅު އެޅީ ފަސް ފަނޑިޔާރުންނަށެވެ. އެއީ ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.
އުޝާމް ވިދާޅުވި ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީވުން ނިމުމަކަށް ގެނައީ މި ސަރުކާރުގަ އެވެ.
އެ ހިސާބުތައް އޭނާ އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު މެންބަރަކު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ މައްސަލާގައި އެ ތިން ފަނޑިޔާރުން ވެސް ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ހުޅުމާލޭ ކޯޓު މައްސަލަ: ޖޭއެސްސީގެ ބަޔާނަށް ބަދަލެއް!