Roadha Mihaaru

ގދ. ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ގދ. އަތޮޅުގައި ފަޅުރަށެއް ކަމަށްވާ ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު އެ ރަށް ބަލަހައްޓާ ގައްދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

ގދ. ގަމުގައި އިވެންސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

09 މާޗް 2025

ގދ. އަތޮޅުގައި ފަޅުރަށެއް ކަމަށްވާ ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު އެ ރަށް ބަލަހައްޓާ ގައްދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

އެ އިއުލާނުގައި ބުނީ، ގައްދޫގެ ބިނާވެށި ޕްލޭންގައި އެ ރަށުގެ އިހުތިސާސްގެ ގޮތުގައި ހިމެނިފައިވާ ގަމުގައި ތިރީގައި އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެލްއޯއީ ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ބައިނަލްއަގުވާމީ ކުންފުނިތަކަށް ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ގައްދޫ ކައުންސިލުން ބުނި ގޮތުގައި، ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކުންފުނިތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.

މަޝްރޫއުތައް ހިންގޭނެ ދާއިރާތައް

- ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން

- ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން

- މަސްވެރިކަމާއި ގުޅުންހުރި ކަންކަން

- ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންއާ ގުޅުންހުރި ކަންކަން

- ރިސާޗިންއާ ގުޅުންހުރި ކަންކަން

އެ އިއުލާނުގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 30 ގެ ކުރިން ކައުންސިލަށް އެލްއޯއީ ހުށަހަޅަން ވާނެ ކަމަށެވެ.

ގައްދޫން ފުރައިގެން ފަސްވަރަކަށް މިނެޓުން ދެވޭ ގަން މިހާރު ބޭނުންކުރަމުން އަންނަނީ އެ ރަށު މީހުން ދަނޑުވެރިކަން ކުރުމަށެވެ.