ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެގެން އެކަން ނުކުރަން އެ ރަށު ކައުންސިލުން މިއަދު އަންގައިފި އެވެ.
21 އޯގަސްޓް 2024
ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެގެން އެކަން ނުކުރަން އެ ރަށު ކައުންސިލުން މިއަދު އަންގައިފި އެވެ.
ގައްދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ. ރަށުގެ ބޭރު މަގާއި އެކިއެކި ދިމާލުން މަރުވެފައިވާ ބުޅަލާއި ކާޅުތައް މިދިޔަ ހަފުތާގައި ފެނިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެ، އާންމުންނަށް އޭގެ އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ވަނީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އޮތުމުން އެކަން އެގޮތަށް ނުކުރަން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
"ވީމާ، އާންމު ފަރުދެއްގެ ހައިސިއްޔަތުން މިފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރަމެވެ،" ކައުންސިލުން ބުންޏެވެ.
ބުޅާ މަރާތީ ގައްދޫ ކައުންސިލުން އިއުލާނެއް މި ނެރުނީ، މާލޭގައި ބުޅާތައް މަރައިގެން އޭގެން ބިދޭސީއަކު ކާތަކެތި ތައްޔާރުކުރާ ކަމުގެ މައްސަލައެއް ފެންމަތިވެފައި އޮއްވަ އެވެ. މުޑުދާރުކޮށް އެކި ވައްތަރުގެ ކާތަކެތި ތައްޔާރުކޮށް ވިއްކައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު އެ ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ގދ. ގަމުގައި އިވެންސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި
އިތުރު ކައުންސިލަރުންތަކެއް ސަސްޕެންޑުކޮށްފި
ގައްދު އަށް 18 މިލިއަން ރުފިޔާގެ މަޝްރޫއުއެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
"ހަރަދު ދީފައި އޮޅުހިޔާއާ ހަވާލުވާން އަންގައިފިން"
އަގުބޮޑުކޮށް ޓިއުޝަން ދޭތީ ގައްދޫ ކައުންސިލްގެ އިންޒާރު
މިއަހަރުގެ ކަޅެގަލެކޮޑާ މުބާރާތް ކެންސަލް
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރުން އިތުރުވަނީ