މާލޭ ސަރަހައްދުގައި ދުއްވާ، އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރަން ދިން ހަ މަސް ދުވަސް ހަމަވި އިރު ވެސް ގިނަ އުޅަނދުތަކެއްގެ ޒޯން ބަދަލު ނުކޮށް އެބަހުރި ކަމަށާއި އެހެންވެ އަދިވެސް އިތުރު ފުރުސަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
11 މާޗް 2025
މާލޭ ސަރަހައްދުގައި ދުއްވާ، އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރަން ދިން ހަ މަސް ދުވަސް ހަމަވި އިރު ވެސް ގިނަ އުޅަނދުތަކެއްގެ ޒޯން ބަދަލު ނުކޮށް އެބަހުރި ކަމަށާއި އެހެންވެ އަދިވެސް އިތުރު ފުރުސަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްގެން މާލޭގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ބަހައްޓަން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި އޮންނަ 40،000 އަކަފޫޓުގެ ހުސް ބިމެއް އެޗްޑީސީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ މިނިސްޓްރީއަށް ދީފަ އެވެ.
އެތަނަށް ވެހިކަލްތައް އަމިއްލައަށް ގެންދަން އޭރު މިނިސްޓްރީން 40 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި ވެހިކަލްތައް ނުގެންދާ ނަމަ ޓޯކުރާނެ ކަމަށް ވެސް އޭރު އޮތީ ބުނެފަ އެވެ. އަދި އެ ބިމުގައި ބާއްވައިގެން ހަ މަސް ތެރޭ ޒޯން ބަދަލުކުރަން ނުވަތަ އެހެން ރަށަކަށް ގެންދަން ބޭނުންވާ ނަމަ އެކަން ކުރުމަށް ފުރުސަތު ދިނެވެ.
އެކަމަކު އެ މުއްދަތު ހަމަވިއިރު ވެސް އެތަނުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކުކޮށްފައި ހުންނާތީ އެކަމާ ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހަމަވިއިރު ވެސް ބައެއް މީހުންނަށް ވެހިކަލް ރަޖިސްޓްރީ ބަދަލުނުކުރެވި އެބަ ހުރި ކަމަށާއި އެހެންވެ، ފުރުސަތު ދިނުމުގެ ގޮތުން އަދިވެސް އުޅަނދުތައް ބަހައްޓަން ފުރުސަތު ދީފައިވާ ކަމަށެވެ.
އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ބެހެއްޓުމަށް ހާއްސަކުރި ބިމުގައި މިދިޔަ އޮކްޓޫބަރު މަހާ ހިސާބަށް ވެސް 250 އަށް ވުރެ ގިނަ ވެހިކަލް ޕާކުކޮށްފައި އޮތެވެ.
އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވާ މައްސަލައިގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަކަށް ފަހުގަ އެވެ. އެކްސިޑެންޓްވި ކާރަކީ މާލޭ ޒޯނުގައި ދުއްވަން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫނެވެ.
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ރޯދަ މަހު މުދާ އުފުލާނެ ގަޑިތައް ކަނޑައަޅައިފި
ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ފޮޓޯ ސްޓޯރީ: ޕާކިން ޒޯންތައް ޕެލެޓްތަކުން ފުރިފައި!
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން