ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
12 މާޗް 2025
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް "ޓެކްސީ ޑްރައިވަރަކަށް ވެގެން" ރަސްމީ މަސައްކަތް ދޫކޮށް އެއާޕޯޓަށް މީހުން އުފުލަން އެ ދުވަހުގެ އަޑުއެހުން ގަސްދުގައި ލަސްކުރަން ކޯޓުން ބޭރުގައި އުޅުއްވި ކަމަށެވެ.
އަޑުއެހުމަށް ވަޑައިގެންނެވުން ލަސްވާނެކަން ފަނޑިޔާރު އަލީ ރަޝީދު ކުރިއާލައި އަންގަވާފައިނުވާ ކަމަށް ވެސް ޝަކުވާގައި ބުނެފައިވެ އެވެ. އަދި، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ވަޑައިގަތީ އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ، އެ ދުވަހު ފަނޑިޔާރު އަމަލުކުރައްވާފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވާ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވެ އެވެ.
އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
އޭގެއިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އަނބުރާ ފޮނުވާލައްވައިފަ އެވެ.
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
އަލީ ރަޝީދާއި ޑރ. މުހައްމަދުގެ ނަން މަޖިލީހަށް
ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް
"އަޒްމިރަލްދާއަށް ތަހުގީގުގައި ހުރިހާ ހައްގުތައް ދިން"
"ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ނުދޭ"
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް އަންގައިފި