Roadha Mihaaru

މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ އައުމާ އެކު ހައްޔަރުކޮށްފި

އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާ އަށް ދިޔަ މީހާ މިއަދު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާ އަށް ދިޔަ މީހާ މިއަދު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ނިންމާފައިވާ ހުސައިން އަރީޝް، 31، އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނިގޮތުގައި، އެއީ ނުރައްކާތެރި ކުށްތައް ކުރުމުގައި މާލޭގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަރީޝް މެލޭޝިއާ އަށް ފުރީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށެވެ. އެކަމަކު، އޭނާ މެލޭޝިއާ އަށް އެތެރެވުން ހުއްޓުވައި، އެހެން ފްލައިޓެއްގައި މިއަދު ހެނދުނު ރާއްޖެ ގެނައީ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.---ފޮޓޯ: މިހާރު

މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.---ފޮޓޯ: މިހާރު

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.

އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.

މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.

މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.

އެ ހަމަލާގައި އަނިޔާވި ފިރިހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ވެސް ދިނެވެ.