ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއޭއެފް) ގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުން އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ރޯނާލްޑޯ ނަޒާރިއޯ ވަކިވެއްޖެ އެވެ.
13 މާޗް 2025
ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއޭއެފް) ގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުން އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ރޯނާލްޑޯ ނަޒާރިއޯ ވަކިވެއްޖެ އެވެ.
ލަލީގާގެ ކްލަބް، ރެއާލް ވަޔަޑޮލިޑްގެ ރައީސްކަން ވެސް ކުރާ ރޮނާލްޑޯ، އޭނާގެ އަމިއްލަ ގައުމުގެ ފުޓްބޯޅަ އިދާރާގެ އިންތިހާބުން ވަކިވީ އެ ގައުމުގެ ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ތާއީދު އޭނާ އަށް ނުލިބުނުންނެވެ.
އިންތިހާބުގައި މިހާރު ވާދަކުރާނެ ހަމައެކަނި ކެންޑިޑޭޓަކީ ސީބީއެފްގެ ވަގުތީ ރައީސްގެ މަގާމު އަދާކުރަމުންދާ އެޑްނާލްޑޯ ރޮޑްރިގޭޒް އެވެ.
ރޮނާލްޑޯ ބުނީ އިންތިހާބީ ކޮންގްރެސް މެންބަރުންގެ 27 އެސޯސިއޭޝަންތަކުގެ ތެރެއިން 23 އެސޯސިއޭޝަނަކުން އޭނާ އަށް ދޮރު ބަންދުކޮށްފައިވާ ކަމަށެވެ.
"މިހާރުގެ ލީޑާޝިޕާ މެދު ހިތްހަމަޖެހިފައި އެ މީހުން ތިބީ. މިހާރުގެ ލީޑާޝިޕް އަލުން އިންތިހާބުވުމަށް ތާއީދުކުރާކަމަށް ބުނެ ސަރަހައްދީ ފެޑެރޭޝަންތަކުން ބޭނުން ނުވީ އެ މީހުންގެ ހޯމްގެ ގޮތުގައި ބަލާ އިދާރާ އަށް އަހަރެން އަންނަން މަރުހަބާ ކިޔަން. އަހަރެންގެ ޕްރޮޖެކްޓް ހުށަހަޅައި އަހަންނަށް ކަމުދާ ގޮތް އެމީހުންނަށް ވިސްނައިދިނުމުގައި އަހަންނަކަށް ކާމިޔާބެއް ނުވި،" ދުނިޔޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު އެއް ސްޓައިކަރު ބުންޏެވެ.
މި ގަރުނުގައި ބްރެޒިލްގެ ފުޓްބޯޅަ އެންމެ ބޮޑަށް އަޑިއަޅާލީ މިދިޔަ 24 އަހަރުތެރޭގަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ވެފައިވާ ބްރެޒިލަށް އެންމެ ފަހުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދުނީ 2002 ގަ އެވެ. އޭރު އެ ކާމިޔާބުގައި އެންމެ މުހިންމު ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮންލްޑޯގެ ޕްރޮޖެކްޓްގެ އެންމެ ހާއްސަކަމަކީ ބްރެޒިލްގެ ގައުމީ ޓީމު ރިފޯމް ކުރުމެވެ. އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދިއުމަކީ ރޮނާލްޑޯގެ ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވަޔަޑޮލިޑްގެ މެޖޯރިޓީ ހިއްސާދާރު، އެ ކްލަބް ހިންގާ ގޮތާ މެދު ސަޕޯޓަރުން ހިތްހަމައެއް ނުޖެ އެވެ. އެ ޓީމު އޮތީ ލަލީގާގެ ތާވަލުގެ ފުލުގަ އެވެ. ރޮނާލްޑޯ ކްލަބް ދޫކޮށްލުމަށް ގޮވާލައި އެ ޓީމުގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް ދޭތެރެދޭތެރެއިން އަޑުއުފުލަ އެވެ.
ރޮނާލްޑޯ ކުރިން ބުނެފައި ވަނީ ވަޔަޑޮލިޑް ވިއްކާލަން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު އޭނާ ބޭނުންވާ ވަރުގެ އަގެއް އެ ކްލަބަށް ނުލިބޭ ކަމަށް ވެސް ކުރިން އޭނާ ބުނެފައި ވެއެވެ.
ރޮނާލްޑޯގެ ދެ ކްލަބް ވިއްކާލަން އުޅޭތީ ފޭނުން ރަތަށް
ރޮނާލްޑޯ ބްރެޒިލް ފުޓްބޯޅައިގެ ރައީސްކަމަށް ވާދަކުރަނީ
އުމުރުން 58 އަހަރުގައި ރޮމާރިއޯ އަލުން ދަނޑަށް
އުމުރުން 17 އަހަރުގައި އެންޑްރިކް ފަސްވަނަ ތަށި
ބްރެޒިލްގެ ކޯޓުން އެފްއޭގެ ރައީސް މަގާމުން ދުރުކޮށްފި
ބްރެޒިލްގެ ފުޓްބޯޅައިގެ ގަދަބާރު ސަންޓޯސް ރެލިގޭޓްވެއްޖެ
ރޮނާލްޑީނިއޯގެ އަތްމަތިދަތިވެ މުޅިން ބަނގުރޫޓްވެއްޖެ
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ
މާސެލޯގެ ދަރިފުޅު ސްޕެއިންގެ ޒުވާން ޓީމަށް ކުޅެނީ
ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން އަންގައިފި