ބްރެޒިލްގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
ބްރެޒިލްގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
ބްރެޒިލްގެ އިތުރުން ދުނިޔޭގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފޯވާޑްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ރޮނާލްޑޯ ބުނީ އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި، އެކަމަކު އެންމެ މުހިއްމު ސަބަބަކީ ބްރެޒިލް ފުޓްބޯޅަ އަށް އަލުން އިހުތިރާމް ހޯދައިދިނުން ކަމަށެވެ.
ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ބްރެޒިލަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިން އުފައްދާ، އަދި ވަރުގަދަ ގައުމީ ޓީމެއް ނެރޭ ގައުމެކެވެ. ނަމަވެސް މިދިޔަ 10 ވަރަކަށް އަހަރު ބްރެޒިލްގެ ވިދުން ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ.
"ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމު އެބަޖެހޭ އޭގެ ޝަރަފް އަލުން ހޯދަން. އެކަމަށް އަހަރެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އޭގެ ނަތީޖާއަކަށްވާނީ ކުޅުންތެރިންނަށް ބްރެޒިލް ގައުމީ ޓީމަށް ކުޅުމަކީ ކިހާ މުހިއްމުކަމެއްކަން އެނގުން،" ބްރެޒިލުން 2002 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި ބޮޑު ހިއްސާއެއްވި ރޮނާލްޑޯ ބުންޏެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމަށްޓަކައި ރޮނާލްޑޯ އަށް އެ ގައުމުގެ ސަރަހައްދީ ފެޑެރޭޝަންތަކާއި، ކްލަބްތަކުގެ ރުހުން ހޯދަން ޖެހޭނެ އެވެ. އެކަމަށްޓަކައި މުޅި ގައުމުގައި ދަތުރުކޮށް އޭނާގެ ޕްލޭން ހިއްސާކުރާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗުން ފެށިގެން 2026 ގެ މާޗު މަހާ ދެމެދުގަ އެވެ. ސީދާ ތާރީހެއް އަދި ކަނޑަނާޅަ އެވެ.
މިހާރުގެ ރައީސަށް ވަނީ ގައުމީ ޓީމަށް ކޯޗުން ހަމަޖެއްސުމުގައި އިހުމާލުވި ކަމުގެ ނުރުހުން އަމާޒުވެފަ އެވެ. ރޮނާލްޑޯ ބުނީ އޭނާގެ މައްސަލައަކީ ވަކި މީހެއް ނޫން ކަމަށާއި، މައްސަލަތައް އެއަށް ވުރެ ގިނަ ކަމަށެވެ.
ރޮނާލްޑޯ ވަނީ ސްޕެއިނުގެ ރެއާލް ވަޔަޑޮލިޑް އާއި ބްރެޒިލްގެ ކްރުޒެއިރޯގެ ހިއްސާ ގަނެ އެ ދެ ކްލަބް ހިންގުމުގައި އުޅެފަ އެވެ. އޭގެ ތެރެއިން ކްރުޒެއިރޯގެ ހިއްސާ ވިއްކާލާފައިވާއިރު ވަރަށް އަވަހަށް ވަޔަޑޮލިޑް ވެސް ދޫކޮށްލާނެ އެވެ.
ކްލަބް ކެރިއަރުގެ ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި، އިޓަލީގެ އިންޓަ މިލާނާއި، އޭސީ މިލާނަށް ކުޅެފައިވާ ރޮނާލްޑޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 1994-2011 އަށް 98 މެޗު ކުޅެދީ 62 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ ބްރެޒިލްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ސްޓައިލިޝް، އަދި އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެއް ކުޅުންތެރިޔާ އެވެ.
ރޮނާލްޑޯގެ ދެ ކްލަބް ވިއްކާލަން އުޅޭތީ ފޭނުން ރަތަށް
ބްރެޒިލްގެ ކޯޓުން އެފްއޭގެ ރައީސް މަގާމުން ދުރުކޮށްފި
ޕެލޭގެ ގޯލް ޖެހުމުގެ ރެކޯޑް ނޭމާ އަށް
ބްރެޒިލް ފެޑެރޭޝަންގެ ރައީސް، އަންޗެލޮޓީގެ އުންމީދުގައި
މާސެލޯގެ ދަރިފުޅު ސްޕެއިންގެ ޒުވާން ޓީމަށް ކުޅެނީ
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
ރޮނާލްޑޯގެ ޓީމަށް އަލްވޭސް އާއި މާސެލޯ ގެންދެވޭނެ؟
ބްރެޒިލްގައި ކޯޗުން ވަކިކުރެވޭނެ އުސޫލެއް ކަނޑައަޅައިފި