މާލެ ސަރަހައްދުގައި 100 މެގަވޮޓުުން 150 މެގަވޮޓުގެ ސޯލާ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.
13 މާޗް 2025
މާލެ ސަރަހައްދުގައި 100 މެގަވޮޓުުން 150 މެގަވޮޓުގެ ސޯލާ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޑިޒައިނިން އާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ އިތުރުން އެތަން ހިންގައި ބަލަހައްޓަން ޖެހޭ ގޮތަށް ހިންގާ އެ އެ މަޝްރޫއުގައި 100 މެގަވޮޓާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރާނެ ކަމަށެވެ.
އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލި އިއުލާނުގެ ދަށުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ އީއޯއައިގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނާ ގުޅިގެން ގިނަ އަދަދެއްގެ ސުވާލުތަކެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވުމާ އެކު، ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން އެ މުއްދަތު އިތުރުކުރީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެއީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ކުރަންޖެހެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އިރުގެ އަލިން 100 މެގަވޮޓުގެ ކަރަންޓު އުފައްދާ ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް އެސްއީޒެޑުގެ ޕާމިޓް އިޝޫކުރަން ނިންމާފައިވެ އެވެ.
އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް ފަށައި 2027 އަށް އެ މަޝްރޫއު ނިންމާނެ އެވެ.
ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
10 ޕަސެންޓްގެ ކަރަންޓް އުފެއްދީ ވަޔާއި އަވިން
ތެލުގެ ހޭދައިން 225 މިލިއަން ކުޑަކުރެވޭނެ: ޝައުނާ
އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއު ހަ ރަށެއްގައި
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
އަވިން ހަކަތަ އުފެއްދުމަށް މާ ފަސޭހަ މާއްދާއެއް
ޔޫއޭއީގެ ފްލޯޓިން ސޯލާ ރާއްޖެ އަށް ވެސް ލިބިދާނެ
"އަވިން އުފައްދާ ކަރަންޓުން ފީ ނަގާކަށް ނޫޅެން"
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް
އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓަށް ހުއްދަ ދީފި