Roadha Mihaaru
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ

ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ ބަޔަކު ހޯދަނީ

18 ޖޫން 2021

ވޯލްޑް ބޭންކްގެ އެހީގައި ލ. އަތޮޅާއި އިތުރު ހަތަރު ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމް ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ވޯލްޑް ބޭންކްގެ އެހީގައި ލ. އަތޮޅާއި އިތުރު ހަތަރު ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމް ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގެ އިތުރުން ށ. ފުނަދޫ އާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގީގައި ވެސް 11-14 މެގަވޮޓްގެ ހަކަތައިގެ ނިޒާމު ގާއިމުކުރަން ވަނީ ހުޅުވާލައިފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެރައިސް މަޝްރޫއުގައި 36 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ގަޑިއިރަކު 40 މެގަވޮޓްގެ ބެޓެރީ އެނާޖީ ސްޓޮރޭޖް ކުރެވޭ ސިސްޓަމްތައް ގާއިމްކުރާނެ ކަމަށާއި ސޯލާ ނިޒާމާއި ބެޓެރީ ނިޒާމް ބަހައްޓާ ރަށްރަށުގެ ވިއުގަ އަޕްގްރޭޑްކުރުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޓްރާންސްމިޝަން އާއި ޑިސްޓްރިބިއުޝަން ކޭބަލް ހިމެނޭ ގޮތަށް 100 ކިލޯމީޓަރުގެ ދިގުމިނުގެ ކޭބަލެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

އެރައިސް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން ޑޮކިއުމަންޓް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. މި މަޝްރޫއަށް ޕްރީ ކޮލިފައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ [email protected] އީމެއިލް އާއި އެ މިނިސްޓްރީގެ އޮފީހުން އަންނަ މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ 2023 ވަނަ އަހަރާ ހަމައަށް އެކުލަވާލި އެސްއޭޕީގައި ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި، ކަރަންޓު އުފައްދަން ބޭނުންކުރާ ޑީސަލުން 40 މިލިއަން ލީޓަރު 2023ގެ ކުރިން ދަށްކުރުމާއި އިޔާދަކުރުވަނިވި ހަކަތައިގެ ގޮތުގައި ބޭނުންކުރާ މިންވަރު 20 ޕަސެންޓަށް އިތުރުކުރުން ހިމެނެ އެވެ.

ސަރުކާރުން ވަނީ 2030 ގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް އަޒުމް ކަނޑައަޅައިފަ އެވެ.