Roadha Mihaaru

ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އަޅަން 627 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ނުވަ ރަށެއްގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.

ސިއްހީ ހިދުމަތްދޭ އާއިމާރާތް އަޅަން 627 މިލިއަން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 މާޗް 2025

ނުވަ ރަށެއްގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި 627،957،964ރ. ގެ މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ އާއި އާރުޑީސީ އަދި ފެނަކައާ އެވެ.

އެމްޓީސީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި އިމާރާތް އަޅާށެވެ. އެއީ؛

- ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26,878,072.40ރ

- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27,219,325.40ރ

- ވ. ފެލިދޫ ހޮސްޕިޓަލް: 105,360,655.93ރ

- ތ. ވިލުފުށީ ހޮސްޕިޓަލް: 105,132,701.20ރ

އެ ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.

އާރުޑީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅާށެވެ.

- ކ. ގާފަރު ސިއްހީ މަރުކަޒު: 26,819,434.82ރ

- ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރަތްކުރަން: 23,113,061.08ރ

- ހދ. ހަނިމާދޫ ހޮސްޕިޓަލް: 104,834,778.55ރ

- އދ. މާމިގިލީ ހޮސްޕިޓަލް: 105,004,634.47ރ

އެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހެއިރު އަދި ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ސޮއިކުރެއްވި އެވެ.

ހދ. މަކުނުދޫގައި ސިއްހީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އެ މަޝްރޫއު ހަވާލުކުރީ 103,595,304.83ރ. އަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިތުރު ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަން އަޅަން އަވަހަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ. އެއާއެކު، ސަރުކާރުގެ ވައުދާ އެއްގޮތަށް ސިއްހީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.