ބްރައިޓަން އަތުން މޮޅު ނުވެވުމުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މެންޗެސްޓާ ސިޓީން ކުރަމުން އަންނަ މަސައްކަތަށް އިތުރަށް ޕްރެޝަރު ބޮޑު ވެއްޖެ އެވެ.
16 މާޗް 2025
ބްރައިޓަން އަތުން މޮޅު ނުވެވުމުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މެންޗެސްޓާ ސިޓީން ކުރަމުން އަންނަ މަސައްކަތަށް އިތުރަށް ޕްރެޝަރު ބޮޑު ވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅެ ސިޓީން ބްރައިޓަން ކައިރިން ނިންމާލަން ޖެހުނީ 2-2 ންނެވެ.
ތާވަލުގެ ފަސްވަނައިގައި އޮތް ޓީމަށް މި ސީޒަނުގައި ދެން ހޯދެން އޮތް ހަމައެކަނި ކާމިޔާބަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ކަށަވަރު ކުރުމެވެ.
އާލިންގް ހާލަންޑާއި އުމަރު މަރުމޫޝްގެ ލަނޑުތަކުން ސިޓީން ފުރަތަމަ ހާފު ނިންމާލީ ލީޑްގައި އޮވެގެންނެވެ. އެ ހާފުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޕާވިސް އެސްޓޫޕިނާން ޖެހި އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ވީ ސިޓީގެ އަބްދުލްގާދިރު ހުސަނޯވް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ ތިން ޕޮއިންޓް ނުލިބުމުން ދެން ބާކީ އޮތް ނުވަ މެޗުގައި އުނދަގޫވާނެކަން އޭނާ ގަބޫލު ކުރާ ކަމަށެވެ.
"އަހަންނަށް އެނގޭ އުނދަގޫ ވާނެކަން. އެކަމަކު އަހަންނަށް އިތުބާރު އެބައޮތް. އަހަންނަކީ މާސްޓަރެއް. އަހަންނަށް އެނގޭ ހުރިހާ ކަމެއްގައި ޕޮޒިޓިވް ގޮތްގޮތް ހޯދަން،" ސިޓީ އަށް މިދިޔަ ހަތަރު އަހަރު ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށް ދިން ކޯޗު ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތީ ނުވަ ފައިނަލު މެޗު ކަމަށެވެ. އެ މެޗުތަކަށް ސިޓީން ނުކުންނާނީ އެ ވިސްނުމުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.
ބްރައިޓަންގެ ކޯޗު ފަބިއަން ހުރްޒެލާ ބުނީ ސިޓީގެ ދަނޑުގައި އޭނާގެ ޓީމަށް ފުރަތަމަ ޕޮއިންޓެއް ލިބުނީ އެ މެޗުން ކަމަށެވެ.
"މިތަނުން އަހަރެމެންނަށް ފުރަތަމަ ޕޮއިންޓް މި ހޯދުނީ. އެއީ ހަގީގަތް. އެކަމަކު މާބޮޑަށް މާޔޫސްކަމުގެ އިހުސާސެއް ކުރެވޭ ތިން ޕޮއިންޓް ނުހޯދި އެނބުރިދާން ޖެހުމުން،" ހުރްޒެލާ ބުންޏެވެ.
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ތިން ތަށި ހޯދުން ވާނީ އާދަޔާ ހިލާފުކަމަކަށް: ހާލަންޑް
ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ދެރައެއް
ގާޑިއޯލާ "ވަރުގަނޑު ބާލާލީ" ކެމެރާމަނަށް
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން
250 ވަނަ މޮޅާ އެކު ގާޑިއޯލާ އަށް ރެކޯޑެއް!
ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
ސްކޮޑުގެ ސައިޒު ކުޑަނުކޮށްފި ނަމަ ގާޑިއޯލާ ވަކިވާނެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ