Roadha Mihaaru
ޗުއްޓީގައި ތިބި ޑޮކްްޓަރުން ވެސް ޑިއުޓީ އަށް ނެރެފި

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޗުއްޓީ ކެންސަލްކޮށް، ޑިއުޓީ އަށް ނެރެފި

14 މާޗް 2017

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ތެރެއިން މިހާރު ޗުއްޓީގައި ތިބި ހުރިހާ ޑޮކްޓަރުންގެ ޗުއްޓީތައް ކެންސަލްކޮށް ޑިއުޓީ އަށް ނެރެފި އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ތެރެއިން މިހާރު ޗުއްޓީގައި ތިބި ހުރިހާ ޑޮކްޓަރުންގެ ޗުއްޓީތައް ކެންސަލްކޮށް ޑިއުޓީ އަށް ނެރެފި އެވެ.

އައިޖީއެމްއެޗުގެ ޑިރެކްޓަ އޮފް މެޑިކަލް ސާވިސަސް ޑރ. އަލީ ނަޒީމް ނެރުއްވި އިންޓާނަލްް މެމޯއެއްގައި ބުނެފައިވާ ގޮތުގައި ހުރިހާ ޑޮކްޓަރުން ވެސް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ޑިއުޓީ އަށް ނުކުންނަން ޖެހޭނެ ކަމަށެވެ.

"ވަކި ގޮތެއް އަންގަންދެން އޮފްގެ ގޮތުގައި ލިބޭނީ ހަފުތާއަކު އެއް ދުވަސް،" މެމޯގައި ވެ އެވެ.

މިގޮތަށް ހަމަޖެއްސީ މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށް ވެސް މެމޯގައި ވެ އެވެ.

މާލޭގައި ހަލުއިކަމާ އެކު ހުމެއް ފެތުރެމުންދާތީ ހުރިހާ ސްކޫލަކާއި ޔުނިވާސިޓީތައް ވެސް މިއަދުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. އަދި ހުމަށް ފަރުވާ ހޯދާ މީހުން ގިނަވެ، އައިޖީއެމްއެޗުގައި ވަނީ ހުމަށް ފަރުވާ ދިނުމަށް ހާއްސަ ކުލިނިކެއް ވެސް ހުޅުވައިފަ އެވެ. މި ހުން ފެތުރެމުން ދާއިރު، ސްވައިން ފްލޫ ވެސް ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފަ އެވެ.