Roadha Mihaaru
އޭޑީކޭގައި ވެސް ހުމުގެ ކްލިނިކެއް ހުޅުވައިފި

އޭޑީކޭގައި ވެސް ހުމުގެ ކްލިނިކެއް ހުޅުވައިފި

14 މާޗް 2017

ވައިރަލް ރޯގާ އާއި އެޗް1އެން1 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭގައި ވެސް ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވައިރަލް ރޯގާ އާއި އެޗް1އެން1 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭގައި ވެސް ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އޭޑީކޭ އިން ބުނީ އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކުން ފަރުވާ ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށާއި ކްލިނިކަށް ދައްކަން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އޭޑީކޭގެ ޓްވީޓް

އައިޖީއެމްއެޗްގައި ހުޅުވާފައިވާ ފްލޫ ކްލިނިކަށް ބާރު ބޮޑުވުމުގެ ސަބަބުން ތާޖުއްދީން ސްކޫލަށް ފްލޫ ކުނިކް ބަދަލު ކުރުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ ފްލޫ ކްލިނިކެއް މިހާރު ހުޅުވައިފަ އެވެ.

މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރި 251 މީހެއްގެ ތެރެއިން 51 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓްވެފަ އެވެ.