Roadha Mihaaru
އޭޑީކޭގެ ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށްފި

އޭޑީކޭގެ ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށްފި

15 މާޗް 2017

މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އޭޑީކޭގައި އިއްޔެ ހުޅުވި ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އޭޑީކޭގައި އިއްޔެ ހުޅުވި ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސޯސަންގޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ގާއިމްކޮށްފައިވާ ސައިންސް ފެކަލްޓީއަށް ކްލިނިކް ބަދަލުކުރީ ޖާގައިގެ ދަތިކަމާ ހުރެ ކަމަށެވެ.

އަފްއާލް ވިދާޅުވީ މިއަދުން ފެށިގެން ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ސޯސަންގެއިން ހިލޭ ފަރުވާ ދޭނެ ކަމަށެވެ. ފްލޫ ކްލިނިކްގައި ޑޮކްޓަރަށް ދެއްކުމާއި އޮބްޒަވޭޝަންގައި ބާއްވަން ޖެހިއްޖެ ނަމަ އެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ރޯގާއާ ގުޅިގެން ދޭންޖެހޭ އާންމު ބޭސްތައް ވެސް ފްލޫ ކްލިނިކުން ލިބެން ހުންނާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ހުމާއި ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ އޭގެ ތެރެއިން ބައެއް މީހުން އެޗް1އެން1 އަށް ވެސް ޕޮޒިޓިވްވުމާ އެކު ރޯގާއާ ގުޅިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އައިޖީއެމްއެޗްގައި ގާއިމުކުރި ފްލޫ ކްލިނިކް ވެސް ވަނީ ޖާގައިގެ ދަތިކަމާ ހުރެ ތާޖުއްދީން ސްކޫލަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ވެސް އަންނަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދޭން ފަށައިފަ އެވެ.