15 މާޗް 2017
ބަޣުދާދު (މާޗް 15) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން މޫސަލްގައި އޮޕަރޭޝަންތައް ހިންގާ އިސް ކޮމާންޑަރު މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.
ބަޣުދާދު (މާޗް 15) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން މޫސަލްގައި އޮޕަރޭޝަންތައް ހިންގާ އިސް ކޮމާންޑަރު މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.
އިރާގުގެ ފެޑެރަލް ޕޮލިހުން ބުނީ އައިއެސްގެ ކޮމާންޑަރު އަބޫ އަބްދުއް ރަހުމާން އަލް އަންސާރީ މަރާލީ ބާބް އަލް ތަބު އަވަށުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަންސާރީ މަރާލުމަކީ މޫސަލްގައި އައިއެސް އަށް ކުރިމަތިވާނެ އިތުރު ދެރައެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސަބަބަކީ އިރާގު ސިފައިންގެ އޮޕަރޭޝަން ވަރުގަދަ ކުރަން ފެށުމާ އެކު މޫސަލްގައި ތިބި އައިއެސްގެ ގިނަ ކޮމާންޑަރުން އެ ސިޓީ ދޫކޮށް ގޮސްފައިވާތީ އެވެ.
އިރާގު ސިފައިން މިހާރު ވަނީ މޫސަލްގައި ދިޖުލަތު ކޯރު ހުރަސް ކުރަން ހަދާފައިވާ ފަސް ބްރިޖުގެ ތެރޭން ތިން ބްރިޖް ހިފައިފަ އެވެ.
އިރާގު ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް މަހުދީ އައްބާސް އަބްދުއްރަހުމާން ވިދާޅުވީ މޫސަލްގެ ހުޅަނގުގައި އެ މީހުން ކުރިއަށް ދާން ދަތިވެފައި ވަނީ އައިއެސްގެ ސްނައިޕަރުންދޭ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. މޫސަލްގެ މިއުޒިއަމްގެ ކައިރިން އިރާގު ސިފައިންގެ ވެހިކަލަކުން ހަމަލާދީ އައިއެސްގެ ގިނަ އަދަދެއްގެ ސްނައިޕަރުން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސަލް އަކީ އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ 2014 ވަނަ އަހަރު އިއުލާން ކުރި ސިޓީ އެވެ. އަދި އެއީ އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ވެސް މެ އެވެ. މޫސަލް ހިފުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހު ފެށި އޮޕަރޭޝަނުގައި އެ ސިޓީގެ އިރުމަތީގެ ސަރަހައްދުތައް ހިފުމަށް ފަހު މިހާރު ހަނގުރާމަ ކުރަނީ ހުޅަނގުގެ ހިސާބުތައް ފަތަހަ ކުރުމަށެވެ.
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި
އައިއެސް ބަލިކުރިކަން އިރާގުން އިއުލާން ކޮށްފި
މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ
އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި
އައިއެސްގެ ޚިލާފަތު އިއުލާންކުރި މިސްކިތާ ހަމައަށް ލަޝްކަރު ޖެހިއްޖެ
މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ މަރު
މޫސަލްގެ ހުޅަނގުން ތިންބައިކުޅަ އެއްބައި ހިފައިފި
އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު ހިފައިފި